އެމްޑީޕީގެ ޓިކެޓު ކަށަވަރުކޮށް މަޖިލީހުގައި ފަސްވަނަ ދައުރަކަށް އަސްލަމް ވާދަކުރައްވަނީ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މަޖިލީހުގެ ފަސްވަނަ ދައުރަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.

މިއަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވެސް އަސްލަމް ވާދަކުރައްވަނީ މިހާރުވެސް ތަމްސީލު ކުރައްވަމުން ގެންދަވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށެވެ.

ޕްރައިމަރީއަކާ ނުލައި އަސްލަމްއަށް އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފައި ވަނީ އިތުރު ބޭފުޅަކު އެ ދާއިރާއަށް ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވާތީ އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަސްލަމްވަނީ މަޖިލީހުގެ މެޖޯރިޓީ ޕީޖީ ލީޑަރުގެ މަގާމު ފުރުއްވައިފަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރަނިން މޭޓެއްގެ ގޮތުގައި ވެސް ވާދަކުރެއްވި އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް ނުކުމެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ.

އިސްލާހީ މަސައްކަތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އަސްލަމްއަކީ މެދުކެނޑުމެއް ނެތި މަޖިލީހުގައި ހިދުމަތް ކުރައްވާ އެންމެ ދުވަސްވީ އެއް ބޭފުޅާ އެވެ.

އަންނަ ދައުރަށް އަސްލަމް އިންތިހާބުވެއްޖެ ނަމަ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާނެ އެވެ. އެ ރިކޯޑު މިހާރު އޮތް ބޭފުޅަކީ މެދުކެނޑުމެއް ނެތި 25 އަހަރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކު ވަނީ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަސްލަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މި ދައުރު މެމްބަރުކަން ކުރައްވާ 15 ބޭފުޅުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox