އިހުތިޖާޖުގެ ބައިވެރިން ރައީސްއަށް ގޮވައިލީ އޭސީސީން ހިފަހައްޓާފައިވާ ކަމަށް ބުނާ އޮތް ފްލެޓު ލިސްޓު ދޫކޮށްލަން

އިހުތިޖާޖުގެ ބައިވެރިން ރައީސްއަށް ގޮވައިލީ އޭސީސީން ހިފަހައްޓާފައިވާ ކަމަށް ބުނާ އޮތް ފްލެޓު ލިސްޓު ދޫކޮށްލަން

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނު ކުރި ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓުގެ މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ފްލެޓު ލިބުނު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަދެ މިއަދު އިހުތިހާޖުކޮށްފި އެވެ.

ކަނބޮޑުވުމުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އިހުތިޖާޖުގެ ބައިވެރިން ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން މިއަދަށް 48 ދުވަސް ވެފައިވާއިރު އޭސީސީން ބަލަމުންދާ ފްލެޓު ލިސްޓުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންމެ ރަނގަޅު ދުވެލީގައި ނޫން ކަމަށް ބުނެ އަޑު އުފުލައިފަ އެވެ.

އޭސީސީ ހިންގާ އިމާރާތައް 15 ވަރަކަށް މީހުން ވަދެ އިހުތިޖާޖު ކުރަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދީ އިހުތިޖާޖުގެ ބައިވެރިން ވަނީ އޭސީސީން ހިފަހައްޓާފައި އޮތް ފްލެޓު ލިސްޓު ދޫކޮށްލުމަށް އަންގަވައިދިނުމަށް ރައީސްގެ ކިބައިން އެދޭ ކަމަށް ބުނެފަ އެވެ.

"ޑރ. މުއިއްޒު އޭސީސީއަށް އަންގަވަންނީ ތި ލިސްޓު ދޫކޮށްލަން، އޭރުން އަޅުގަނޑުމެން މިކަން ހުއްޓައިލާނަން، އަޅުގަނޑުމެން ޔަގީން ކުރަން ހައުސިން މިނިސްޓަރު ދައްކަވާ ވާހަކަ، ހައުސިން މިނިސްޓަރު ވިދާޅުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިމުނުހައި އަވަހަކަށް ލިބުނު ތަނަކުން ލިބުނު މީހަކަށް ބަދަލެއް ނުގެނެސް ދެއްވާނަމޭ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ހައުސިން މިނިސްޓަރީން ކޮންމެ ދުވަހަކު ވެސް ފްލެޓު ލިބުނު ފަރާތްތަކަށް ޖަވާބު ދެއްވާ ކަމަށާއި އެ ޖަވާބު ގޮސް ހުއްޓެނީ އޭސީސީން ތަހުގީގު ކުރަމުންދާ ފްލެޓު ލިސްޓާ ހަމައިން ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިންގެ ވާހަކަތަކަށް މިހައިތަނަށް އޭސީސީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ހަފުތާއާއި މިއަންނަ ހަފުތާ ތެރޭގައި ގޯއްޗާއި ފްލެޓު ލިބިފައިވާ މީހުންނަށް ރެޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ބުނީ ރައީސް އެހެން ވިދާޅުވި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވަމުން ދަނީ އޭސީސީން ތަހުގީގު ކުރާ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ވާހަކަ ކަމަށެވެ. އެހެންކަމުން ރައީސް އެހެން ވިދާޅުވި ނަމަވެސް ގަބޫލު ކުރުން އެއީ ދަތިކަމެއް ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުންޏެވެ.

"ޑރ. މުއިއްޒުއަށް އެނގެންވީ ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އޮތީ ލިސްޓު ހިފަހައްޓާފައިކަން، އެހެންވީމަ އެ ލިސްޓު ނިމުނުހައި އަވަހަކަށް އަޅުގަނޑުމެންނަށް މިކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު އެބަ ދެއްވާ، އެހެންވީމަ މުއިއްޒު މިވިދާޅުވާ ވާހަކައަކީ އަޅުގަނޑުމެން ގަބޫލު ކުރާ ވާހަކައެއް ނޫން، އެއީ އޭސީސީން މި ލިސްޓު ހިފަހައްޓާފައި އޮތް ހިފެހެއްޓުން ނިމުމަކަށް ނާންނަންޏާ އަންނަ ހަފުތާ ކީއްކުރަން އަންނަ އަހަރު ވެސް މިކަމެއް ނުވާނެ،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެން މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެ މަސައްކަތް އޭރު އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންވެ.

އެ މައްސަލަ މުޅިން ބަލައި ނިމިފައި ނުވި ނަމަވެސް އޭސީސީން ވަނީ ގެދޮރުވެރިޔާ ޕޯޓަލްއިން އޮޓުމެޓިކުކޮށް ލިބުނު ޕޮއިންޓުތަކަށް އޭރު ބަދަލު ގެނެސްފައި ހުރިކަން މިހައިތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފަ އެވެ.

އޭސީސީން ތަހުގީގު ކުރަމުންދާ ފްލެޓު ލިސްޓުގެ މައްސަލައިގައި އެ ކޮމިޝަނުގެ މެންބަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.

މިދިޔަ ސަރުކާރުން ޑިވެލޮޕް ކުރި ގެދޮރުވެރިޔާ ޕޯޓަލްއަކީ މިހައިތަނަށް ރާއްޖޭގައި ޑިޒައިން ކުރި އެންމެ ފުރިހަމަ އެއް ޕޯޓަލް އެވެ. އެ ޕޯޓަލް ޑިޒައިން ކޮށްފައި ވަނީ ކޮންމެ އެޕްލިކަންޓެއްގެ މައުލޫމާތު ވެސް ލިބުމާއެކު ވަގުތުން އަމިއްލައަށް ޕޮއިންޓު ދެވޭ ގޮތަށެވެ. ނަމަވެސް މައްސަލަ ދިމާވެފައި ވަނީ މާލޭގައި ނޫޅޭ މީހުން ވެސް އެއީ މާލޭގައި އުޅޭ މީހުންގެ ގޮތުގައި ކަނޑައަޅައި ފްލެޓު ދީފައި ވާތީ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ފްލެޓުތަކުގެ މައްސަލައިގައި ރައީސް މުއިއްޒު މީގެ ކުރިން ވަނީ މަކަރު ހަދައިގެން މައުލޫމާތު އޮޅުވައިލި މީހުންނަށް ފިޔަވައި އެހެން ހުރިހާ އެންމެންނަށް ވެސް ފްލެޓު ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox