ގައުމީ ވޮލީބޯޅަ ލީގު: ސިފައިން، އާބަންކޯ އަދި ސިޓީ ސްޕޯޓްސް އަށް މޮޅެއް

ގައުމީ ވޮލީބޯޅަ ލީގު: ސިފައިން، އާބަންކޯ އަދި ސިޓީ ސްޕޯޓްސް އަށް މޮޅެއް

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބް, ކުލަބް އާބަންކޯ އަދި ސިޓީ ސްޕޯޓްސް ކުލަބް އިއްޔެ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ މެންދުރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ސިފައިން ވަނީ ވެމްކޯގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފަ އެވެ. ކުލަބް ވެމްކޯގެ މައްޗަށް ސިފައިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ވެމްކޯ ޓީމުން އާދައިގެކޮށް ފެނުނު މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-14, 25-15 އަދި 25-13 އިންނެވެ.

އިއްޔެ ހަވީރު ކުޅުނީ އާބަންކޯ އާއި ޕޮލިސް ކުލަބް އެވެ. އެ މެޗު އާބަންކޯ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އާބަންކޯގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-14, 25-17 އަދި 25-20 އިންނެވެ.

އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ, ސިޓީ ސްޕޯޓްސް ކުލަބާއި ސްޕޯޓްސް ކުލަބް ސިޓީ ބައްދަލުކުރި މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީގެ މައްޗަށް ސިޓީ ސްޕޯޓްސްއިން ކުރިހޯދީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ކުރިހޯދީ ސްޕޯޓްސް ކުލަބް ސިޓީ އެވެ. ވާދަވެރި ކުޅުމަކަށްފަހު އެ ސެޓު ސްޕޯޓްސް ކުލަބް ސިޓީން ކާމިޔާބުކުރީ 25-21 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ސްޕޯޓްސް ކުލަބް ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާއެކު ސިޓީ ސްޕޯޓްސް އިން ވަނީ ޖެހިގެން އައި ދެ ސެޓު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފަ އެވެ. މި ދެ ސެޓު ސިޓީ ސްޕޯޓްސްއިން ކާމިޔާބުކުރީ 25-11 އަދި 25-18 އިންނެވެ.

ޖެހިގެން އައި ހަތަރު ވަނަ ސެޓުގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއްގައި އޮވެ ނުކުޅެވުނުއިރު, މި ސެޓުގެ ފަހުކޮޅު ސްޕޯޓްސް ކުލަބް ސިޓީން ވަނީ އެ ޓީމުކޮޅަށް ނަތީޖާ ބުރަކޮށް 25-23 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ސިޓީ ސްޕޯޓްސް އިން ވަނީ ފަހު ސެޓުގައި މޮޅަށް ކުޅެ 15-4 އިން ސެޓު ގެންގޮސްފަ އެވެ.

ކޮންމެ ޓީމަކުން، ތިން މެޗު ކުޅެފައިވާއިރު، ގައުމީ ވޮލީބޯޅަ ލީގުގެ އެއް ވަނައިގައި ތިން މެޗުން ވެސް މޮޅުވެގެން އޮތީ ސިފައިންނެވެ. ދެ ވަނައިގައި އޮތް އާބަންކޯ އާއި ތިން ވަނައިގައި އޮތް ވެމްކޯ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމުން ވެސް ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފަ އެވެ. ހަތަރެއްގައި އޮތް ސިޓީ ސްޕޯޓްސް ކްލަބަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފަހެއްގައި އޮތް ސްޕޯޓްސް ކްލަބް ސިޓީ އަށް ވަނީ ތިން މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ޕޮލިސް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި އާބަންކޯ އެވެ. އަދި މިރޭގެ މެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކުލަބް ސިޓީއާ ޕޮލިސް ކުލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox