ދިރާގު "މައިއެކައުންޓް" ވެބްސައިޓުގެ ހިދުމަތާ އެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފަސޭހަ ކަމާއެކު އެކި ހިދުމަތްތަކަށް އެޕްލައި ކޮށްލާ، ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ އެވެ.
މައިއެކައުންޓް މެދުވެރިކޮށް ލިބޭ ބައެއް ހިދުމަތްތައް
- ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން: ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑް ވެސް ކޮށްލެވޭނެ އެވެ.
- އައު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން: އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެ އެވެ.
- ބްލޭންކް ސިމް އެކްޓިވޭޓްކުރުން: މިހާރު ދިރާގު ޕާޓްނާޝޮޕްއިން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓް ކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެ އެވެ.
- ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރުން: އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައި ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ، މިހާރު ފަސޭހަ ކަމާއެކު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ އެވެ.
- ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުން: ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މެދުކަނޑާލެވޭނެ އެވެ. ހިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިހުތިޔާރު ކުރުމަށްފަހު ހިދުމަތަށް އެޕްލައި ކުރެވޭނެ އެވެ.
ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް މެނޭޖް ކުރެވޭނެ އެވެ. އެގޮތުން ތަފާތު ބިލިންގް އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސްވެސް ނެގޭނެ އެވެ. އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެދޭ ހިދުމަތްތަކުގެ ސްޓޭޓަސްވެސް ބަލާލެވޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެފަރާތްތަކުގެ ހުރިހާ ހިދުމަތްތަކެއް މެނޭޖްކުރުމަށް އެހީތެރިވެދިނުމަށެވެ.











