"ސިޔާސީ ނުފޫޒު ނުފޯރުވޭ" ދިރާގުގެ އިތުރު ހިއްސާ ގަތުމަކީ ބޭކާރު ހަރަދެއް: ނަޝީދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ އޮތް ހަމައެކަނި ރައްޔިތުންގެ ކުންފުނި ކަމަށާއި އެ ކުންފުނީގެ އިތުރު ހިއްސާ ސަރުކާރުން ގަތުމަމީ މި ވަގުތަށް ބޭކާރު ހަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިރާގަށް ސިޔާސީ ނުފޫޒު ނުފޯރުވި އޮންނަ ހަމައެކަނި ސަބަބަކީ އެ ކުންފުނި ޕްރައިވަޓައިޒްކޮށްފައިވުމާއި ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެތުމުން ކަމަށެވެ.

"ރާއްޖޭގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާވެ އަދި ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ދިރާގު. ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

Advertisement

ނަޝީދު އެހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ހިދުމަތްދޭ ކުންފުނި ކަމުގައިވާ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކޮށް، ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރެއްވުމާ ގުޅިގެންނެވެ.

މުއިއްޒު ވިދާޅުވީ ހިއްސާ މި ގޮތަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ދިރާގު ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ހަދަނީ

ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ބޮޑުކޮށް، އެ ކުންފުންޏަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް މުއިއްޒު ވަނީ އިޢުލާންކުރައްވާފަ. މި ބަދަލާއެކު ދިރާގު ހިންގުމުގެ މައިގަނޑު ބާރު ސަރުކާރަށް ލިބިގެންދާނެ.

ދިރާގު އުފެއްދީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. މި ހިއްސާ ބަދަލުވީ 2009 ގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ދިރާގުގެ ހަތް ޕަސެންޓު ހިއްސާ 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުންނެވެ. 

މި މުއާމަލާތާއެކީ ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ތިރިވެފަ އެވެ. އޭގެ ފަހުން 2011 ގައި ސަރުކާރުން ވަނީ މި ހިއްސާގެ ތެރެއިން 6.2 ޕަސެންޓު އާންމުންނަށް ވިއްކާ، ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. 

ދިރާގު ޕަބްލިކް ކުންފުންޏަކަށްވީ ފަހުން، ކޭބަލް އެންޑް ވަޔާލެސްއިން ވަނީ 2013 ގައި އެ ކުންފުނީގެ ހިއްސާ ބަހުރެއިންގެ ބަޓެލްކޯ ގްރޫޕު (މިހާރު ބިޔޯން) އަށް ވިއްކާލާފަ އެވެ. މިހާރު ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބިޔޯން އެވެ. 

ދިރާގަކީ ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު ކުންފުންޏެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެެސްއީ) ގައި ހުރި އަދަދުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 12 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ގާތްގަނޑަކަށް 776 މިލިއަން ޑޮލަރެވެ. 

ދިރާގުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 2.8 ބިލިއަން ރުފިޔާއިން 949 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ނެރެފަ އެވެ. މިއީ ލިބުނު އާމްދަނީގެ ނިސްބަތުން ވަރަށް ބޮޑު ފައިދާއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox