ފުށިދިއްގަރު މަަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް -- ފޮޓޯ: އަދަދު

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް -- ފޮޓޯ: އަދަދު

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާ ގޮތުގައި ހާމަކަމެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ފުށިދިއްގަރު ފަޅުގެ މަސައްކަތް ފަށާފައި ވަނީ އެ ބިން ތަރައްގީ ކުރާނެ ގޮތާއި ބިން ހިއްކުމުގެ މަޝްރުއަށް ހިނގާނެ ޖުމުލަ ހަރަދު ހާމަ ކުރުމެއް ނެތި ކަމަށާއި ކުއްލި ގޮތަކަށް ބަޔަކާ އެ މަޝްރޫއު ހަވާލު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަޔަރަމަންޓު އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ނުހަދައި ކަމަށާއި އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސަރަހައްދެއްގެ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

Advertisement

އެއީ އެފަޅުން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ އެންމެ 2.26 އިންސައްތަކަން ފާހަގަކޮށް އެ މައްސަލައިގައި ސަލީމް ވަނީ އެއީ އީއައިއޭ ހެދުމުގައި އަމަލުކުރާ އުސޫލުގެ ބޭރުން ހާއްސަ އިމްތިޔާޒެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް ހަވާލު ކޮށްފައި ވަނީ ސްރީލަންކާގެ ސީއެމްސީސީއާ އެވެ. އެ ކުންފުނިން ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން ހިއްކާ ސަރަހައްދުން 60 ހެކްޓަރުގެ ބިން ލިބޭ ގޮތަށެވެ.

މަޖިލީހަށް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ދިވެހި ފަސްގަނޑުން 99 އަހަރަށް ބޭރު ބަޔަކަށް ބިން ދިނީ ކޮން ގޮތަކަށް އަގު ކޮށްފައިތޯ ސުވާލު އުފައްދައިފަ އެވެ. އަދި ރާއްޖޭގެ ބިމުން ބޭރު ބަޔަކަށް ބިން ލިބޭ ގޮތަށް ނިންމި ނިންމުމަކީ އެންމެ ފައިދާ ހުރި ގޮތަށް ކޮށްފައިވާ ކަމެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގައި ހިމަނާފައި އޮތް 400 މިލިއަން ރުފިޔާ އުނި ކުރުމުން ވެސް މަޖިލީހުގެ ނިންމުމަށް ގޮންޖަހައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމުމަކީ ދައުލަތުގެ ބާރުތައް ބެހިފައި ވާގޮތަށް ގޮން ޖެހުން ކަމަށާއި އެއީ ޑިމޮކްރެސީގެ ހަމަތަކާއި ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox