ދެ ބައްރުގެ ބޮޑު ދެ ކަޕްއާ ހެދި ކްލަބްތަކަށް ގެއްލުން!

Jan 13, 2024, 12:23 PM
އެފްރިކަން ކަޕް އޮފް ނޭޝަން އާއި އޭޝިއަން ކަޕް މި މަހާއި އަންނަ މަހު ކުރިއަށްދާއިރު، ކްލަބްތަކުގެ މުހިންމު ކުޅުންތެރިން ގައުމީ ޓީމުތަކަށް ދާނެ.

އެފްރިކަން ކަޕް އޮފް ނޭޝަން އާއި އޭޝިއަން ކަޕް މި މަހާއި އަންނަ މަހު ކުރިއަށްދާއިރު، ކްލަބްތަކުގެ މުހިންމު ކުޅުންތެރިން ގައުމީ ޓީމުތަކަށް ދާނެ.

މި އަހަރަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ހަތަރު ބައްރުގެ (އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ދެކުނު އެމެރިކާގެ) ބޮޑެތި މުބާރާތްތައް ކުރިއަށްދާނެ ފަހަރެކެވެ. އެ ގޮތުން، އެފްރިކާގެ ކަޕް (އެފްރިކަން ކަޕް އޮފް ނޭޝަންސް) އާއި އޭޝިއަން ކަޕް، މިހާރު ފަށާފައިވާއިރު، ޔޫރަޕްގެ ކްލަބްތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ދޫކުރަން ޖެހުމުން ބޮޑެތި ގެއްލުންތަކާ ކްލަބްތަކުން ކުރިމަތިލާނެ އެވެ.

ޔޫރަޕްގެ ލީގުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ފްރެެންޗް ލީގާއި ޖަރުމަނު ލީގުގެ އިތުރުން އަދި އިނގިރޭސި ޕްރިމިއާ ލީގެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 70 ކްލަބުން 168 ކުޅުންތެރިން، އޭޝިއަން ކަޕާއި އެފްރިކަން ކަޕް ކުޅެން ގައުމީ ޓީމުތަކަށް ވަނީ ގޮސްފަ އެވެ. އެއީ، ގިނަ ވެގެން ދޮޅު މަހެއްހާ ދުވަހުގެ މުއްދަތަށެވެ. މި ދެ މުބާރާތުގެ ސަބަބުން، އެންމެ ބޮޑަށް އަސަރުކުރާ ލީގަކީ ފްރެންޗް ލީގެވެ. ދެ ވަނަ އަށް އެންމެ ބޮޑަށް ކުޅުންތެރިން މަދުވާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Advertisement

އަހަރުގެ ކުރީކޮޅުގައި އެފްރިކަން ކަޕާއި އޭޝިއަން ކަޕް ބާއްވާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މި މުބާރާތްތައް، ބްރޯޑްކާސްޓް ކޮށްގެން ފައިސާ ހޯދަން ފަސޭހަތަކެއް ހުރުމުންނެވެ. ހާއްސަކޮށް، އަހަރު މެދުތެރޭގައި ބާއްވައިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް/ކޮޕަ އެމެރިކާ ފަދަ ތަރުހީބު ބޮޑު މުބާރާތަކާ ދިމާވާން ބޭނުންނުވާތީ އެެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑުން، މި ދެ މުބާރާތާ ހެދި އެއްވެސް ކުޅުންތެރިއަކު މަދެއް ނުވާނެ އެވެ.

އެކަމަކު، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން މުހިންމު ކުޅުންތެރިންތަކެއް މަދުވާނެ އެވެ. އެ ގޮތުން، ލިވަޕޫލްގެ މުހައްމަދު ސަލާހު، ޓޮޓެންހަމްގެ ސޮން ހެއުން މިން އަދި މެންޗެސްޓާ ޔުނައިޓެޑްގެ އަންދްރޭ އޮނާނާ ހިމެނެ އެވެ.

ގިނަ ޓީމުތަކުގެ ކޯޗުން ވަނީ ސީޒަނުގެ ވަރުގަދަ ހިސާބެއްގައި، ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ބޮޑު މެޗުތަކެއް ގެއްލިގެންދިއުމުން، އޭގެ އަސަރު ޓީމަށް ކުރާނެކަން ފާހަގަކޮށްފަ އެެވެ. އެކަމަކު، ފުޓްބޯޅަ އަކީ މިހާރު ވަރަށް ބޮޑަށް، ވިޔަފާރި އަކަށް ވެފައި އޮތުމުން، މުބާރާތް އިސްތިހާރު ކުރުމާއި މާލީ ކަންކަމަށް ބަލާފައި މުބާރާތްތައް ރާވަން ޖެހޭނީ އެންމެ ފައިދާ ބޮޑުވާ ގޮތަށް ބަލައިފަން ގަބޫލުކުރެ އެވެ. މި ގޮތަށް ކަންކަން އޮތުމުން އެފްރިކަން ކަޕާއި އޭޝިއަން ކަޕް މި ދުވަސްވަރު ނޫން ދުވަސްތަކެއްގައި ބާއްވައިގެން ގެއްލުންވާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ބުނެ އެވެ.

ފީފާގެ ގަވާއިދުގައިވާ ގޮތުން، ގައުމީ ޓީމެއްގެ ރަސްމީ މުބާރާތެއްގެ ފެށުމުގެ 14 ދުވަސް ކުރިން ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސްކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ބައެއް ކްލަބްތަކުން އަންނަނީ ގައުމީ ޓީމުތަކާ ވާހަކަ ދައްކައިގެން ކުޅުންތެރިން ކްލަބްގެ މެޗުތައް ކުޅެފައި ގައުމީ ޓީމާ ގުޅޭ ގޮތަށް މަޝްވަރާ ކުރަމުންނެވެ. ފީފާ އިން ވަނީ މި ކަމުގެ އިހުތިޔާރުތައް، ކްލަބާއި ގައުމީ ފެޑެރޭޝަންތަކުގެ އަތްމައްޗަށް ދޫކޮށްލައިފަ އެވެ.

ފީފާ ކަލަންޑަރު ދުވަސްވަރެއްގައި ކުޅޭ ގައުމީ ޓީމުގެ މުބާރާތަކަށް، ކުޅުންތެރިން ކްލަބްތަކުން ވީއްލާއިރު، އެ މުއްދަތަށް ކުޅުންތެރިންނަށް ކްލަބްތަކުން ދޭން ޖެހޭ މުސާރައިގެ ކަންކަމުގައި ޓީމުތަކަށް ފީފާ އިން މާލީ އެހީތެރިކަން ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox