މާދަމާއިން ފެށިގެން ހަ ދުވަހުގެ ތެރޭގައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގުގެ 18 މެޗު ވެސް މީޑިއާނެޓް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.
އެގޮތުން މާދަމާ އެކަނި ވެސް ޖުމްލަ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ވަގުތު ޓޭބަލްގެ ގަދަ ފަހެއްގައި އޮތް ނިއުކާސަލް ޔުނައިޓަޑް އަދި ލިވަޕޫލްގެ މެޗުތައް މާދަމާ އޮންނާނެ އެވެ.
ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް މާދަން ހަވީރު 17:30 ގައި ނިކުންނައިރު، ލިވަޕޫލް އާއި ބާންލީގެ މެޗު އޮންނާނީ މާދަން ރޭ 22:30 ގައެވެ. މީގެ އިތުރުން ފުލްހަމް، ބޯންމައުތް އަދި ޝެފިލްޑް ޔުނައިޓެޑާއި، ލުޓަން ޓައުންގެ މެޗު ވެސް މާދަމާ އޮންނާނެ އެވެ.
ޑިސެމްބަރު 27، ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓޭބަލްގެ އުސްފަޅީގައި ވާދަކުރަމުންދާ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރު، މެންޗެސްޓާ ޔުނައިޓެޑް އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، ޓޭބަލްގެ މަތީ މަގާމެއްގައި އޮތް އެސްޓަން ވިލާ އެވެ. މި މެޗު އޮންނާނީ ދަންވަރު 1:00 ގަ އެވެ.
މެޗު ފޯމް އަނބުރާ ހޯދަމުން އަންނަ ޗެލްސީ ޑިސެމްބަރު 28، ގެ ދަންވަރު 00:30 ގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ. ހަމަ މި ގަޑީގައި ބްރެންޓްފޮޑް އަދި ވުލްވްސް ވެސް ބައްދަލުކުރާނެ އެވެ. ހަމަ އެރޭ 1:15 ގައި ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަދި ފަހަކަށް އައިސް މޮޅު ކުޅުމެއް ކުޅެމުން އަންނަ އެވަޓަން ކުޅޭ މެޗު އޮންނާނެ އެވެ.
ބޮޑު ދެ މެޗުއް ޑިސެމްބަރު 29، ގައި ކުޅެވިގެންދާނެ އެވެ. ފާއިތުވި އަހަރުތަކުގައި ވާދަވެރިކޮށް ފެނުނު ބްރައިޓަން އަދި ޓޮޓްނަމް ހޮޓްސްޕާޒް ގެ މެޗު 00:30 ގައި އޮތް އިރު، ޓޭބަލްގެ އެންމެ ކުރީގައި އޮތް އާސެނަލް އަދި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހާމް 01:15 ގައި ބައްދަލުކުރާނެ އެވެ.

ޖުމްލަ ފަސް މެޗު ޑިސެމްބަރު 30، ގައި އޮންނާނެ އެވެ. އެގޮތުން އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑެތި ޓީމުތައް ކަމުގައިވާ ޗެލްސީ، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑުގެ މެޗުތައް ރޭގަނޑު 20:00 އިން ފަށައިގެން ކުޅެވޭނެ އެވެ.
އަހަރުގެ އެންމެ ފަހު ދުވަހު އާސެނަލް ބައްދަލުކުރާނީ ފުލްހަމް އާ އެވެ. މިއީ 2023 ވަނަ އަހަރު ޓޭބަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިންމާލުމަށް އާސެނަލްއަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ޑިސެމްބަރު 31، ގެ 19:00 ގައި މި މެޗު ކުޅޭއިރު ހަމަ މި ގަޑީގައި ޓޮޓްނަމް އަދި ބޯންމައުތު ބައްދަލުކުރާ މެޗު ވެސް އޮންނާނެ އެވެ.
މީޑިއާނެޓުން އަންނަނީ އަޕްގްރޭޑް އެންޑް ވިން ގެ ނަމުގައި ޑިސެމްބަރު 31، ގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން ސަބްސްކްރައިބްކޮށް މީޑިއާނެޓު ޕެކޭޖު އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުނެ އެވެ. އޭގެ ތެރޭގައި އައިފޯން 15 ޕްރޯ މޯބައިލް ފޯނު، ޓީސީއެލް 55 އިންޗީގެ ޓީވީ އަދި ސެމްސަންގް ސައުންޑްބާ ސިސްޓަމް ހިމެނެ އެވެ.











