ޗެލްސީ ބަލިވުމުގެ ސިލްސިލާ ކުރިއަށް، ޕޮޗެޓީނޯ އަދިވެސް އުންމީދުގައި

Dec 25, 2023, 5:07 AM
ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން ނާކާމިޔާބުވި މެޗާ އެކު، ލީގުގައި ރަށުންބޭރުގައި ޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެއްޖެ އެެވެ.

މިއީ، 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން، ލީގުގައި ޗެލްސީ، ރަށުންބޭރުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަަހަރެވެ.

މި ސީޒަނުގައި ލީގުގައި އަށް ވަނަ މެޗުން ޗެލްސީ ބަލިވިއިރު، މި އަހަރުގެ މިހާތަނަށް ލީގުގައި އެންމެ ގިނަ މެޗުން ބަލިވީ ވެސް ޗެލްސީ އެވެ. އެއީ 2023 ވަނަ އަހަރު ޗެލްސީ ލީގުގެ 19 މެޗަކުން ބަލިވެފައިވާތީ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ވަނީ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފަ އެވެ.

"ކޮލިޓީ އެބަހުރި މި ކުޅުންތެރިންގެ، ނެތްނަމަ އަހަންނެއް މި މަގާމުގައި ނުހުންނާނެ. މީގެ ބޭނުންވަނީ މި ހުރިހާ ކުޅުންތެރިން އެއް ޓީމެއްގައި މޮޅަށް ކުޅެން ރޭވުންތެރިކަމާ އެކު، ކުރިއަށްދާނެ ވަގުތު، އެކަމަކު، މިހާރު މި ދަނީ ބޭނުންވާ ގޮތަކަށް ނޫން ނަތީޖާތައް،" ޕޮޗެޓީނޯ ބުންޏެވެ.

ރޭގެ މެޗުން ބަލިވިއިރު، ޗެލްސީ މި ވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގަ އެވެ. އެއީ 18 މެޗުން 22 ޕޮއިންޓާ އެކު އެވެ.

ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ރަހީމް ސްޓާލިން އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ އަތުން ގެއްލުނީ އަމިއްލަ އަށް ޖަހަން އުޅުމުންނެވެ. އެ ޓީމުގެ ތިން ކުޅުންތެރިއަކު ހުސްކޮށް އެރި އެޓޭކެއްގައި އެހެން ކުޅުންތެރިއަކަށް ނުދީ ސްޓާލިން އަމިއްލަ އަށް ޖެހި ޝޮޓް، ވުލްވްސްގެ ކީޕަރު ހޯސޭ ސާ މަތަކުރީ އެވެ.

ވުލްވްސް އިން ދެ ވަނަ ހާފް ފެށުނުތަނުން މާރިއޯ ލެމީނާ ޖެހި ގޯލުން ލީޑުނެގި އެވެ. އަދި އެ ލީޑުގައި ދެ ވަނަ ހާފުގެ ބޮޑުބައި ހިފަހައްޓައިލުމަށް ފަހު، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މެޓް ޑޮހަޓީ ޖެހި ގޯލުން ލީޑުފުޅާކުރި އެވެ. ޗެލްސީން މެޗު ނިމުމުގެ ކުރިން ގޯލެއް ޖެހި އެވެ. އެއީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox