ޔާމީނު ބަންދުގައި ހުންނެވިޔަސް ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާނެ: މަލީހު

ކުރީގެ ރައީސް ޔާމީނު އަދި މަލީހު : މަލީހު ވިދާޅުވީ ޔާމީނު ބަންދުގައި ހުއްޓަސް ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ޔާމީނު އަދި މަލީހު : މަލީހު ވިދާޅުވީ ޔާމީނު ބަންދުގައި ހުއްޓަސް ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެވި ނަމަވެސް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހު "އަދަދު" އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ ގާނޫނީ އަދަދަށް މިހާރު ފޯމު ލިބިފައިވާ ކަމަށާއި ޕާޓީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ކަމެއް ދެނީ ޕާޓީ އުފައްދާ ޖަލްސާގައި މި ވަގުތު ބަންދުގައި ހުންނެވި ޔާމީނު ބައިވެރިވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިއުނާފީ މައްސަލާގެ ވަކީލުން ޗުއްޓީއިން އެނބުރި ވަޑައިގެން، އެ ވަގުތައް ޝަރީއަތްތައް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މަލީހު ވިދާޅިވި އެވެ. ޔާމީނުގެ މައްޗަށް މިހާރު ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމަށް އަންނަ ހޯމަ ދުވަހު އަހަރެއް ވާނެ އެވެ.

"ޕާޓީ އުފައްދާ ޖަލްސާގައި ރައީސް ހުންނެވުން، ބައިވެރިވުން ކޮންމެހެން ލާޒިމޭ، އެހެންނޫނީ ރައީސާ ނުލާ ދެއްތޯ މަގާމުތަކަށް މީހުން އައްޔަންކުރަން މި ޖެހެނީ" މަލީހު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ހަމައަށް ޕާޓީގެ އުފައްދާ ޖަލްސާ ނުބޭއްވޭ ގޮތް މެދުވެރި ވިޔަސް އިންތިހާބުގައި ޔާމީނު އެންޑޯޒްކުރައްވާ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

މި ސަރުކާރުން ޔާމީނު މިނިވަންކުރަން މަސައްކަތް ނުކުރާ ކަމަށާއި ބަންދައް ލުއިތަކެއް ދިނީވެސް ކުރީގެ ސަރުކާރުންކަން ފާހަގަކުރައްވައި ޔާމީނުގެ ސަޕޯޓަރުން ކުރަމުން އަންނަ އެންމެ ބޮޑު ޝަކުވާ މަލީހު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.

ސަރުކާރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ވެރިކަމުގައި ޔާމީނުގެ މައްޗަށް ހުކުމެއް ނީއްވާ ކަމަށާއި ޝަރުއީ ނިޒާމު މިނިވަންވި މިންވަރު ފެންނާނީ ހުކުމްތަކަށް ބެލުމުން ކަމަށެވެ.

"މާނައަކީ ސަރުކާރަކުންނެއް ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ވާހަކަ އެ ދުވަހު [ރައީސް] ވިދާޅުވީ، އެހެންވީމަ އޭގެފަހުން ހުކުމެއް ދެން އައިމަ އެއް ނޫންތޯ އިނގޭނީ" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ މިނިވަންކަން އިނގޭނީ ހުކުމެއް ކުރުމުން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް، ޔާމީނުގެ ޝަރީއަތްތައް އަވަސްކޮށް، އޭރު ވިދާޅުވި 'ހަރާން ހުކުމް' ބާތިލްކުރައްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox