ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ކޮމިޓީން ނިންމައިފި

ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން، އެއްވެސް އޮޅުމެއް ނެތި ރަށު ކައުންސިލްގެ ޒިންމާތައް ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ގާނޫނަށް ބައެއް އިސްލާހުތައް ކޮމެޓީން ގެނެސްފައިވޭ - ފޮޓޯ: މަޖިލިސް

ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން، އެއްވެސް އޮޅުމެއް ނެތި ރަށު ކައުންސިލްގެ ޒިންމާތައް ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ގާނޫނަށް ބައެއް އިސްލާހުތައް ކޮމެޓީން ގެނެސްފައިވޭ - ފޮޓޯ: މަޖިލިސް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ލާމަރުކަޒީ ކޮމެޓީއިން ނިންމައިފި އެވެ.

ލާމަރުކަޒީ ކޮމެޓީން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިހާރުގެ ތިނަދޫ ރަށު ކައުންސިލް، ސިޓީ ކައުންސިލަށް ބަދަލކޮށް، ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތައް ދޭންޖެހޭ ކަމަށް ފާސްކޮށްފައިވެ އެވެ.

އެހެންނަމަވެސް ކޮމެޓީގެ ނިންމުމަށްފަހު، ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން ގާނޫނު މާނަ ކުރުމުގައި ތަފާތު މާނައެއް ނެގި ދާނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

Advertisement

އެހެންކަމުން، އިތުރު އޮޅުމެއް ނާރާނެ ގޮތަށް ގާނޫނު މާނަކޮށް، މިހާރު ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް، ކޮމެޓީއިން ފާސް ކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން، އިތުރު އިސްލާހެއް ގެނައުން މުހިންމު ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާގެ ކ. ގައި ބުނެފައި ވަނީ "ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީ" ކަމަށެވެ.

މި މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ. ހިސާން އިސްލާހު ހުށަހެޅުއްވީ:

  • ސިޓީއެއް އުފައްދާނީ އިދާރީ ދާއިރާގެ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާ ނަމަ، އަތޮޅު ކައުންސިލް އުވިގެން ދާނެ ކަމަށް
  • އަތޮޅު ކައުންސިލް އުވިއްޖެ ނަމަ، އަތޮޅު ކައުންސިލްގެ ޒިންމާތައް ސިޓީ ކައުންސިލަށް ބަދަލުކުރަން
  • ވަކި ރަށެއް ސިޓީއަކަށް ބަދަލުވާ ނަމަ، އަތޮޅު ކައުންސިލް ދެމި އޮތުމާއެކު ޒިންމާތައް ވެސް އަތޮޅު ކައުންސިލުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މި އަހަރުގެ އޮގަސްޓް 31، ގަ އެވެ. އެ ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

ރައީސް ސޯލިހު ނެރުއްވި ގަރާރަކުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު، މިހާރު އޮތް ރަށު ކައުންސިލަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސް ވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދާއި އެންމެ ދެކުނުގައިވާ އައްޑު އަތޮޅާއި ފުވައްމުލަކު އަދި ހދ. ކުޅުދުއްފުއްޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox