އިންޑިއާ ސިފަައިން އަދަދު ގުނަން އެހީތެރިވާން މިތިބީ ތައްޔާރަށް: މަލީހު

ޔާމީނުގެ އާ ޕާޓީ އުފައްދަން މަސައްކުރައްވާ ކުރީގެ ޓެކްނޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޔާމީނުގެ އާ ޕާޓީ އުފައްދަން މަސައްކުރައްވާ ކުރީގެ ޓެކްނޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި ސަރުކާރަށް މަސް ދުވަސް ވީއިރު ވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ނޭނގޭ ކަމަށް ބުނާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީން ފާޑުކިޔައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދާ އެކު ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޔާމީނު ޕީޕީއެމް/ޕީއެންސީއާ ދުރަށް ޖެހިވަޑައިގެން، އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި މަލީހު ވިދާޅުވީ ސަރުކާރަށް 30 ދުވަސްވީ އިރު އިންޑިއާ ސިފައިންގެ އަދަދު ނޭނގިގެން އުޅެނީ "ހިސާބު"ގެ މައްސަލަ އަކުން ކަމަށެވެ. ނުސީދާ ގޮތެއްގައި އޭނާގެ ބަހުގެ ހަމަލާ އަމާޒުކުރެއްވީ ރައީސްގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށެވެ.

"އެހެންވީމާ ހިސާބުގެ މައްސަލަ އުޅޭ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ އެބަތިބި ހިސާބު އިލްމުވެރިން، އިންޑިއާ ސިފައިން ގުނަން ޖެހިއްޖެއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން، ހިލޭ ސާބަހަށް ކޮށްދޭނަން،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ގުނުމަށްޓަކައި ރައީސް އޮފީހަށާއި ޑިފެންސް މިނިސްޓްރީއަށް ދާން ޕީއެންއެފްގެ މެންބަރުން ތިބީ ތައްޔާރަށް ކަަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އޭގެ މާކުރިން ފަށައިގެން، އޭރުގެ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ޕީޕީއެމް/ޕީއެންސީން ތަކުރާރުކޮށް ބުނަމުން ދިޔައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާނުކުރީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. އޭގެ ފަހުން އިންޑިއާގެ އިސް އޮފިޝަލަކު ވަނީ އެ އަދަދުގެ ތެރޭގައި ސެނަހިޔާގައި ތިއްބަވާ މިލިޓަރީ ޑޮކްޓަރުން ނުހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ނުވަ ޑޮކްޓަރުން ހިމެނުމުން އަދަދު އަރަނީ 86 އަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނުގެ އެންމެ މުހިންމު ވައުދެވެ.

ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަަސްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާގެ ނޫސްތަކުން، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުން މިހާތަނަށް ދެ ގައުމުން މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox