ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ޖެނުއަރީ 20 އަށް ފަސްކޮށްފި

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުالله (އަދުރޭ); ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީ ވަނީ ފަސްކޮށްފައި -- ފޮޓޯ: މިރާން/ އަދަދު

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުالله (އަދުރޭ); ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީ ވަނީ ފަސްކޮށްފައި -- ފޮޓޯ: މިރާން/ އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ޖެނުއަރީ 20 އަށް ފަސްކޮށްފި އެވެ.

އެ ކޯލިޝަނުގެ ޕްރައިމަރީ ބާއްވަން ތާވަލުކޮށްފައި އޮތީ މިހިނގާ ޑިސެމްބަރު މަހުގެ 23ގަ އެވެ.

ޕްރައިމަރީ ބާއްވާ ތާރީހު ޖެނުއަރީ މަހުގެ 20 އަށް ބަދަލުކުރީ ކުރިން ތާވަލުކޮށްފައިވާ ތާރީހަކީ ސްކޫލު ބަންދު ދުވަސްވަރަކަށް ވެފައި, ގިނަ ރައްޔިތުން އެކި ބޭނުންތަކަށް އަދި އުމްރާ ކުރުމަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދުވަސްވަރަކަށް ވާތީ ކަމަށް އެ ޕާޓީން ބުނެ އެވެ.

Advertisement

އެހެންކަމުން, ޕްރައިމަރީ ބާއްވާ ތާރީހު ބަދަލުކޮށްދިނުމަށް ކޯލިޝަނުގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި އާންމު މެންބަރުން ވެސް އެދިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕްރައިމަރީ ބާއްވާ ތާރީހު ފަސްކުރި ނަމަވެސް, ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ބެލުމަށްފަހު ނަންތައް ތަރުތީބުކޮށް އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން އެކުގައި މަޖިލިސް އިންތިހާބަށް ވާދަކޮށް, މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ. މިވަގުތު ސަރުކާރުގައި އޮތީ ޕީއެންސީ ކަމުން, އެކޯލިޝަނުން ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދުމުގެ އަމާޒު ހިފާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox