މަޖިލިސް ޕްރައިމަރީގައި މާފަންނު އުތުރު ދާއިރާއަށް އަޖުވަދު ވާދަކުރަނީ

މަޖިލިސް ޕްރައިމަރީގައި މާފަންނު އުތުރު ދާއިރާއަށް އަޖުވަދު ވާދަކުރަނީ

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެސްނީގެ ޕްރައިމަރީގައި ގ. ބޮޑުފެންވަޅުގެ، އަހުމަދު އަޖުވަދު ވާދަކުރަން ނިންމައިފި އެވެ.

ދާއިރާގެ ރައްޔިތުންނާއި ގިނަ ޒުވާނުންގެ އެދުމާއެކު މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމައި އަޖުވަދު ވަނީ ޕީއެންސީ އޮފީހަށް ފޯމު ވެސް ހުށަހަޅާފަ އެވެ.

އަޖުވަދު އަކީ ސިޔާސީ ދާއިރާގައި ދުވަސްވީ ތަޖުރިބާކާރެކެވެ. ޕްރޮގްރެސިވް ކޯލިޝަނާއެކު ސިޔާސީގޮތުން އަޖުވަދު ހަރަކާތްތެރިވަމުން އަންނަތާ 10 އަހަރު ވަނީ ވެފަ އެވެ. ކުރިން، 2013 ވަނަ އަހަރުން ފެށިގެން ޕާޓީގެ ހަރަކާތްތަކުގައި ބަރާބަރަށް ބައިވެރިވަމުން އަންނަ އަޖުވަދު ފާހަގަވެފައިވަނީ ޕާޓީގެ ލީޑާޝިޕަށް ފުރިހަމައަށް އެއްބާރުލުން ދޭ ބޭފުޅެއް ގޮތުގަ އެވެ.

އަޖުވަދު ވަނީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާފަ އެވެ. އަދި ޕާޓީ އެންމެ ނިކަމެތިވެގެން ދިޔައިރުވެސް ޕާޓީއާ ދުރުގައި ނުހުރެ އަޖުވަދު ވަނީ ޕާޓީގެ ހައްގުގައި ކުރީގެ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފުލާފަ އެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ވެސް އޭނާ ބައިވެރިވި އެވެ.

ޕްރައިމަރީގައި ވާދަކުރަން ދާއިރާގެ ޒުވާނުންނާއެކު އަޖުވަދު ފޯމު ހުށަހެޅުން--
ޕްރައިމަރީގައި ވާދަކުރަން ދާއިރާގެ ޒުވާނުންނާއެކު އަޖުވަދު ފޯމު ހުށަހެޅުން--

ޕްރައިމަރީގައި ވާދަކުރަން ނިންމައި، ދާއިރާގެ ޒުވާނުންނާއެކު ޕާޓީ އޮފީހަށް އަޖުވަދުގެ ފޯމު ހުށަހެޅުން---

މީގެ އިތުރުން 2022 ވަނަ އަހަރުން ފެށިގެން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ޕްރޮގްރެސިވް ކޯލިޝަނުގެ މާފަންނު އުތުރު ދާއިރާގެ ނައިބު ރައީސްގެ ގޮތުގަ އެވެ.

ޒުވާނުންނާއި ދާއިރާގެ ރައްޔިތުންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ އަޖުވަދު އަކީ ތައުލީމީ ބޭފުޅެކެވެ. އޭނާ ވަނީ ކޮމްޕިއުޓާ ސްޓަޑީސްގެ ދާއިރާއިންނާޢި ހިއުމަން ރިސޯސަސްގެ ދާއިރާގެ އިތުރުން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފަ އެވެ. އަދި 2013 އިން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ކޯޑިނޭޓަރެއްގެ މަގާމެވެސް އަޖުވަދު އަދާކުރި އެވެ.

އަޖުވަދު ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް ހުންނާނީ ތެދުވެރިކަމާއެކު ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދޭނެ މީހެއްގެ ގޮތުގަ އެވެ. އަދި އަޒުމަކީ، ދާއިރާއަށް ހެޔޮ ބަދަލު ގެނެސްދީ ދާއިރާގެ ކޮންމެ ފަރުދެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ތައުލީމާއި ސިއްހީ ފަރުވާ އާއި އިގުތިސާދީ ފުރުސަތުތައް އަދުލުވެރި ގޮތުގައި ފޯރުވައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުން އެންމެންގެ ބައިވެރިވުން ކަށަވަރުކޮށް އިސްރައްވެހިންނާއި ދެޖިންސުގެ ޒުވާނުންނަށްވެސް ހަމަހަމަކޮށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"އެ އެއަޒުމުގައި ހުރެގެން ކެރިގެން ކަންކަމާއި ކުރިމަތިލާނަން ހަމަ ގައިމުވެސް ވިކިގެންނެއް ނުދާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox