ފުށިދިއްގަރުފަޅު ގުޅީގެ އިހުތިސާސުން ވަކިކޮށްފި

Dec 13, 2023, 7:50 AM
ފުށިދިއްގަރުފަޅު ގުޅީގެ އިހުތިސާސުން ވަކިކޮށްފި

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި ހިއްކަން ނިންމާފައިވާ ފުށިިދިއްގަރުފަަޅު ކ. ގުޅީގެ އިހުތިސާސުން ވަކިކޮށްފި އެވެ.

ފުށިދިއްގަރުފަޅު ގުޅީގެ އިހުތިސާސުން ވަކިކުރީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސަށް ދީފައި އޮންނަ އިހުތިޔާރުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައިވާ ގޮތުން ގުޅީގެ އިހުތިސާސަށް ބަދަލު ގެންނެވީ 2020 ވަނަ އަހަރު (އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު) ނެރުއްވި ގަރާރުން ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅުއްވާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

މިފަހަރުގެ ގަރާރުން ކަނޑައަޅުއްވާފައިވާ ގުޅީގެ އިހުތިސާސްގައި ހިމެނެނީ އެރަށުގެ ފަޅާއި ކައިރީގައި އޮތް ދެ ފަޅެއްގެ ބައެކެވެ. ކުރިން އޮތް ގޮތުން ފުށިިދިއްގަރު ފަޅުގެ ބައެއް ގުޅީގެ އިހުތިސާސްގެ ތެރޭގައި ހިމެނެ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށެއްގެ އިހުތިސާސަކީ ރަށެއްގެ ރާޅުފެންފަށުން ފެށިގެން 700، މީޓަރާ ހަމައަށް އޮންނަ ސަރަހައްދުގެ ތެރެެއިން މީހުން އުޅޭ އެހެން ރަށެއްގެ ބަޔަކަށް ނުވާ އަދި ސިނާއީ މަސައްކަތެއް ކުރާ ރަށެއްގެ ބަޔަކަށް ނުވާ ސަރަހައްދެވެ. ފުށިދިއްގަރުފަޅުގެ ބައެއް ގުޅީގެ އިހުތިސާސްގެ ތެރޭގައި ހިމެނުނީ އެގޮތުންނެެވެ.

ފުށިދިއްގަރުފަޅުން ބިން ހިއްކައި އެތަނުގައި ބޮޑު އާބާދީއެއް ވަޒަންވެރި ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox