ކުރެއްވީ ނުގުޅޭ ސުވާލު، ފުރުސަތު ނުދެއްވުމުން މެންބަރުންގެ ނުރުހުން އަސްލަމަށް!

ެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން ރިޔާސަތުން ވަޒީރަށް ފުރުސަތު ނުދެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާ ވަޑައިގެންނެވީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ސަލީމް ސުވާލު ކުރެއްވީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ކުރީގެ ސަަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދާނެތޯ އެވެ.

އެ ސުވާލަށް ވަޒީރު ޖަވާބު ދެއްވުމުން މަޖިލީހުގައި އަމަލުކުރާ އުސޫލުން، ގުޅުން ހުރި ސުވާލު ކުރުމަށް ހުޅުވައިލި ފުރުސަތުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަަސްލަމް ފުރުސަތެއް ނުދެއްވަ އެވެ.

އެގޮތަށް ފުރަތަމަ ނިންމެވީ ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ސުވާލަކާ މެދުގަ އެވެ. މެންބަރު އަލީ ރިޒާ ކުރެއްވީ ވެސް މެންބަރު ސަލީމް ކުރެއްވި ސުވާލަށް ވަޒީރު ދެއްވި ޖަވާބާ ގުޅޭ ސުވާލެއް ނޫނެވެ. ސުވާލު ކުރެއްވީ ވެސް އެހެން ވިދާޅުވެފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން ވަޒީރަށް ފުރުސަތު ނުދެއްވައި އަސްލަމް ދެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީ ސުވާލު ކުރެއްވުމުގެ ފުރުސަތެެވެ. އޭނާ ވެސް ކުރެއްވީ ވަޒީރަށް ކުރިން ފޮނުވާފައި އޮތް ސުވާލާ ނުގުޅޭ ސުވާލެކެވެ. އެ ހިސާބުން އަސްލަމް ވިދާޅުވީ ސުވާލު ކުރެއްވުމުގެ ކަންތައް ގާނޫނާ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދަވަން މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އެހެންކަމުން މި ހަމަތަކުގެ ބޭރުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ އަޅުގަނޑަށް މި ގޮނޑީގައި އިނދެގެން ފުރުސަތު އަރުވަން ވަރަށް އުނދަގޫ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އެހެން ވިދާޅުވުމުން، "ނިޒާމާ ބެހޭ ނުކުތާއެއް" ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން މެންބަރު ޔޫނުުސު ނުރުހުން ފާޅުކުރެއްވި އެވެ. އޭގެ ފަހުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލެއް ވެސް މައުލޫއާ ނުގުޅޭ ކަމަށް އަސްލަމް ނިންމެވި އެވެ.

ސުވާލަށް ޖަވާބުދެއްވަން ވަޒީރަށް ފުރުސަތު ދެއްވުމުގައި އަސްލަމް އަމަލުކުރެއްވި ގޮތާ މެދު އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވި އެއް މެންބަރަކީ ވެލިދޫ ދާއިރާގެ އެމްޑީޕީ މުހައްމަދު އަބްދުﷲ ޝަފީގެވެ.

"އަޅުގަނޑު ދެެކޭ ގޮތުގައި އިއްޒަތްތެރި ރައީސް އަމަލުކުރައްވަމުން ތިޔަ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގު ވަރަށް ބޮޑަށް ހަނިކުރައްވައިގެން،" މެންބަރު މުހައްމަދު ވިދާޅުވި އެވެ.

އެއާ އެކު އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ބަނދަރާ ގުޅޭ ގޮތުން ކުރައްވާނެ ސުވާލެއް ނެތް ކަމަށާއި އެހެން ނަމަވެސް ވަޒީރުގެ ދާއިރާއާ ގުޅޭ ގޮތުން ކުރައްވާނެ ސުވާލު އެބަހުރި ކަމަށެވެ. އެހެން ވިދާޅުވެ އޭނާ ސުވާލުކުރެއްވީ ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން އޮތް ސިޔާސަތަކީ ކޮބައިތޯ އެވެ.

"އަނެއްކާ ވެސް ތަކުރާރުކޮށް ދަންނަވަން އޮތީ މިއަދު ކުރެއްވި ސުވާލާއި އެ ސުވާލާ ގުޅިގެން ވަޒީރު ދެއްވި ޖަވާބާ ގުޅުން ހުރި ސުވާލެއް ނޫނޭ،" އަސްލަމް ވިދާޅުވި އެވެ.

titledesc

ގުޅުން ހުރި ސުވާލެއް ނޫނީ ނުކުރެއްވުމަށް ކުރައްވާ އިލްތިމާސް ވެސް އަސްލަމް ތަކުރާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނާއި މަޖިލީހުގެ ގަވައިދުގައި ވަކި ގޮތެއް ކަނޑައަޅާފައި އޮތުމުން އަމަލުކުރެވޭނީ އެގޮތަށް ކަމަށެެވެ. މަޖިލީހުގެ ރިޔާސަތުން ކުރިން (އަސްލަމް ރިޔާސަތަށް ވަޑައިނުގަންނަވާ އިރު) އަމަލުކުރަމުން އައި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެެވެ.

"އެއަކަށް އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން، އަޅުގަނޑަށް މިތާ އިނދެގެން އަމަލުކުރެވޭނީ މަޖިލީހުގެ ގަވައިދުގަައި [އޮތް ގޮތަށް]،" އަސްލަމް ވިދާޅުވި އެވެ.

އެހެން ވިދާޅުވެ އޭނާ ކުރިއަށް ގެންދެވީ ގުޅުން ނެތް ކަމަށް ދެކެވަޑައިގެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަން ވަޒީރަށް ފުރުސަތު ނުދެއްވަ އެވެ.

މެންބަރުން ނުރުހުން ފާޅުކުރައްވައި ވިދާޅުވަމުން ގެންދެވީ އެއީ މަޖިލީހުގައި ކުރިން އަމަލުކުރި ގޮތެއް ނޫން ކަމަށެވެ. އެހެން އެ ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި އިރު އެގޮތަށް އަމަލުކުރައްވާފައި ނުވާތީ އެވެ. އޭރު ރިޔާސަތުން އެކަން ދޫކޮށްލަނީ ވަޒީރަށެވެ. ގުޅޭ ސުވާލެއް ކަމަށް ވަޒީރަށް ފެނިވަޑައިނުގެންފި ނަމަ ޖަވާބު ނުދެއްވާ ގޮތަށެވެ.

ނަވާރަ ވަނަ މަޖިލީހުގައި މީގެ ކުރިން މެންބަރުން ސުވާލު ކުރުމުގެ ދާއިރާ އޮންނަނީ ވަޒީރަކު ޖަވާބު ދޭ މިންވަރެއްގެ މައްޗަށެވެ. ނަމަވެސް ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ސުވާލު ކުރެވޭނެ ހަމަތައް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ބައެއް މެންބަރުން މިހާތަނަށް އެ ހަމަ ހިފަހައްޓާފައި ނެތްއިރު، މިފަހަރު ރިޔާސަތުން ފެނިގެން ދިޔައީ ގާނޫނާ ގަވާއިދުގައި، ސުވާލުކުރަން ކަނޑައަޅާފައިވާ ހަމަ ހިފެހެއްޓި ތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox