މަދިރިން ޖެހޭ ބަލިތަކުގެ ބިރު އިނގިރޭސި ވިލާތަށް ބޮޑު!

Dec 12, 2023, 2:22 AM
މަދިރި

މަދިރި

މޫސުމީ ބަދަލާއެކު އިނގިރޭސި ވިލާތުގެ ބައެއް ސަރަހައްދުތަކަކީ 2040 އާއި 2050ގެ އަހަރުތަކުގެ ތެރޭގައި ޑެންގީ ހުން، ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފަތުރާ މަދިރީގެ ހާލިތަކަކަށް ވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.

އެހެން ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ތައްޔާރުކުރި ރިޕޯޓެއްގަ އެވެ. އެއީ، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން 2100 ވަނަ އަހަރާ ހަމަޔަށް ހޫނުމިން މަތިވެ، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތުގެ މައްޗަށް ކުރާ ލަފައެކެވެ.

ނުވަ ދިހަ ތަޖުރިބާކާރުން ބައިވެރިވެގެން އެކުލަވާލި އެ ރިޕޯޓު، މޫސުމީ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ކުރިމަތިވެދާނެ ކަންކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވެ އެވެ.

Advertisement

މޫސުމަށް އަންނަ ބަދަލުން އަރައިގަތުމަށް ގައުމުތަކުން ވެފައިވާ ވައުދު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވިއްޖެ ހާލަތެއްގައި ވިހަ ގޭސް އިތުރުވެ، ޖައްވު ހޫނުވެ، މޫސުމީ ބަދަލާއެކު ކުރިމަތިވެދާނެ "އެންމެ ގޯސް ހާލަތު" ތަސައްވުރުކޮށްފައި ވާއިރު، އެފަދަ ހާލަތެއްގައި ހޫނުމިން މަތިވެ މަރުވާ މީހުން އިތުރުވާނެ ކަމާއި ވާރޭވެހުމުގެ ތޮބީއަތް އޮޅި، ފެންބޮޑުވުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެ އެވެ.

މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2100 ވަނަ އަހަރާ ހަމައަށް ދުނިޔެ 2-4 ޑިގްރީ ސެލްސިއަސްގެ މިންވަރަކަށް ހޫނުމިން މަތިވާނެ އެވެ. އެ ހާލަތު ކުރިމަތި ނުވެދާނެ ކަމަށް ބެލި ނަމަވެސް ތައްޔާރުވެ ތިބުމަކީ ބުއްދިވެރި ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ.

ފަހަކަށް އައިސް ފަރަންސޭސިވިލާތުގައި ޑެންގީ ހުން ޖެހުމާއި އިޓަލީގައި ޗިކުންގުންޔާ ކޭސްތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox