ފުޓްބޯޅަ ފުނޑާލިިއިރު ފުރަތަމަ ޑިިވިޝަން ކްލަބްތައް ތިބީ ސަނާ ކިޔަން: ސޮބާ

Dec 11, 2023, 3:36 AM
މީގެ ކުރިން "އަދަދު" އަށް ސޮބާ ދިން އިންޓަވިއުއެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މީގެ ކުރިން "އަދަދު" އަށް ސޮބާ ދިން އިންޓަވިއުއެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށްވެ، ގޯސް ހާލަތަކަށް ވެއްޓެމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އެކަން އެ ގޮތަށް ހިނގަމުން އައިއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ތިބީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ސަނާ ކިޔަން ކަމަށް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކަށް ކުރިއެރުމެއް ލިބެން އޮތީ ލީގު ވަރުގަދަވެގެން ކަމަށް ބުނެ، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ވަނީ ބުނެފަ އެވެ.

މިލޯގެ އެ އެ ވާހަކަތަކާ މެދު ސޮބާ ވަނީ އޭނާގެ ޝުއޫރުފާޅުކޮށްފަ އެވެ.

ސޮބާ ބުނީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައި މި އޮތް ހާލަތުގެ ޒިންމާ ނަގާނެ އެއްވެސް މީހެއް އަދި ކްލަބެއް ވެސް ނެތް ކަމަށާއި ސަރުކާރު ވެސް އޮތީ "ނުކުޅެދިފައި" ހައްޕު ކިޔައިގެން ބަލަހައްޓައިގެން ކަމަށެެވެ.

"ދުވަހަކު ވެސް ރާއްޖޭގައި މި ލެވަލް އަށް މިކަން ނުދޭ.. މިކަން ހިނގާތާ ކިތަންމެ އަހަރެއް. އަދި ކިރިޔާ ބައެއް ކްލަބްތަކަށް މިކަން ރެޔަކާ ލީ. އަދިވެސް މި ވާހަކަ ދައްކަދައްކާ ތިބެންވީތޯ. މިކަން ދެން ވެސް ހައްލުކޮށް ދެވޭނީ ހަމަ ރާއްޖޭގެ ފަސްޓް (ފުރަތަަމަ) ޑިވިޝަން ކްލަބްތަކަށް ގަވާއިދު ބުނާގޮތުން. ވަރަށް ދެރަކަމެއް މިއީ އެއްވެސް ހައްލެއް ލިބިފައި ނެތް،" ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ކުޅެ، ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން ސޮބާ ބުންޏެވެ.

"ރާއްޖޭގެ ފަސްޓް (ފުރަތަމަ) ޑިވިޝަން ކްލަބްތަކުން އެންމެ ފުރިހަމަ ޒިންމާ ނެގިނަމަ މި ދުވަސް ނުފެނުނީސް ފުނޑާލިއިރު ވެސް ތިބީ ސަނާ ކިޔަން،"

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ލީޑަޝިޕާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުން އަންނައިރު، ފުލުހުން އެދިގެން ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހަައްޓައިފަ އެެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އާއި އޭނާގެ ލީޑަޝިޕުން އެފްއޭއެމަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ އަށް ބޭނުންކުރާ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ވަރަށް އަަަވަހަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.

އަމިއްލަ ކުންފުނިތަކާ އެކު އެފްއޭއެމުން ހިންގާފައިވާ މާލީ މުއާމަލާތްތަކުގައި ކޮންޓްރެކްޓާ ހިލާފުވެފައިވާތީ، އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ވަނީ ގިނަ މައްސަލަތަކެއް ރަޖިސްޓްރީ ކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކުގައި އެފްއޭއެމާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. އެކަމަކު، ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދެވޭނެ މަގެއް ނެތުމުން، އެފްއޭއެމް އޮތީ ކޯޓުގެ އެންގުމާ ވެސް ހިލާފުވެފަ އެވެ.

ގައުމީ ޓީމުތަކަށް އިރުޝާދުދިން ބިދޭސީ ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމާ ދެކޮޅަށް ފީފާ އިން ވަނީ ނިންމުންތަކެއް ނިންމައިފަ އެވެ. އޭގެ އިތުރުން، އެފްއޭއެމުން އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަހެއްހާ ދުވަސްވެފައިވާ މައްސަލައިގައި، ގިނަ މުވައްޒަފުންތަކެއް ތިބީ، "ހަޅުތާލެއް"ގަ އެވެ. އެހެންވެ، ފުޓްބޯޅަ ސީޒަނުގެ މެޗުތައް ވެސް ކުރިއަށްދަނީ، ކިރިޔަކިރިޔާ އެެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް 15 ކްލަބަކުން ބޮޑު ހޭދައެއް ކޮށްގެން ތައްޔާރުވެފައިވާއިރު، އަދިވެސް އެ މުބާރާތް ފެށޭނެ ތާރީހެއް އެފްއޭއެމަށް ސީދާ ބުނެއެއް ނުދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox