ޖޭއެސްސީގެ ރިޕޯޓަށް ކޮމިޓީން ތާއިދު، މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ތަޅުމަށް

ވަރިވާން ދިޔަ އަންހެނަކަށް މެސެޖު ކޮށްގެން ވަކިކުރަން ނިންމާފައިވާ ގާޒީ އަލީ އާދަމް

ވަރިވާން ދިޔަ އަންހެނަކަށް މެސެޖު ކޮށްގެން ވަކިކުރަން ނިންމާފައިވާ ގާޒީ އަލީ އާދަމް

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ނިންމި، ހދ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީން, ޖޭއެސްސީގެ ރިޕޯޓަށް ތާއިދުކޮށް, މައްސަލަ ތަޅުމަށް ފޮނުވައިފި އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައިވާތީ އެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި ޖުޑިޝަރީ ކޮމިޓީން ވަނީ މެޖިސްޓްރޭޓް ހާޒިރުކޮށް, ޖަވާބުދާރީވުމުގެ ފުރުސަތު ދީފަ އެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

މަޖިލީހަށް ހާޒިރުވެ މެޖިސްޓްރޭޓް ވިދާޅުވީ, ވަރިވާން ދިޔަ އަންހެނަކަށް ކުރި މެސެޖުތަކަކީ, ހުށަހަޅާފައި އޮތް މައްސަލައިގެ ހުކުމާ ގުޅިގެން ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފާނެ ކަމުގެ ބިރު އޮތުމުން ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރި މެސެޖުތަކެއް ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ވިޔަސް 'ގްރޮސް މިސްކޮންޑަކްޓް' އެއް ނޫން ކަމަށް ވެސް އަލީ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެސެޖުތައް ޑިލީޓް ކުރަން އެދުނީވެސް ނުބައި ނިޔަތެއްގައި ނޫން ކަމަށާއި, އެއީ މީހަކަށް ފެނިގެން މައްސަލައެއް އުފެދިދާނެތީ އެދުނު ގޮތެއް ކަމަށެވެ.

މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ބުނީ, މެޖިސްޓްރޭޓުގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން, ޖޭއެސްސީ އަދި ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް, މެޖިސްޓްރޭޓު މަގާމުން ވަކިކޮށްދޭން އެދި ޖޭއެސްސީން ހުށަހަޅާފައިވާ މައްސަލައާމެދު ގޮތް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފަ އެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 23، ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ކުރިން އޭނާ ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ ދަރަޖަ ދަށްކޮށް، ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކުރީ، ޖޭއެސްސީއަށް ހުށަހެޅިފައިވާ އިތުރު މައްސަލައެއް ބެލުމަށްފަހެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެއީ ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމަށް ބުނެ، ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox