ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ސްޓާބަކްސްއަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން

ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ސްޓާބަކްސްއަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން

މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ބޮއިކޮޓު ކެމްޕޭނުގެ ސަބަބުން ސްޓާބަކްސްއަށް ފާއިތުވި ދެ ހަފުތާގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓާބަކްސްއާ ހަވާލާދީ ވޯލް ސްޓްރީޓު ޖާނަލްއިން ރިޕޯޓުކޮށްފައި ވާގޮތުގައި އެ ކުންފުނީގެ މާކެޓު އަގު ވަނީ ވިދިވިދިގެން 12 ދުވަހު ދަށަށް ގޮސްފަ އެވެ.

ސްޓާބަކްސްއާ ދެކޮޅަށް ބޮއިކޮޓު ކުރުމުގެ ކެމްޕޭނެއް ފެށީ، ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހިނގަމުންދާ ގަތުލުއާއްމުތަކާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން، ސްޓާބަކްސްއިން އެ މުވައްޒަފުންނަށް ފިޔަވަޅު އެޅުމުންނެވެ.

Advertisement

އެކަމާ ގުޅިގެން ސްޓާބަކްސްގެ މުވައްޒަފުން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ހަޅުތާލު ވެސް ކޮށްފަ އެވެ. އެ ކަންތައްތަކާ ގުޅިގެން ސްޓާބަކްސްއިން ބުނެފައި ވަނީ އެ ކުންފުނިން އިޒްރޭލަށް ވާގިވެރި ނުވާ ކަމަށެވެ. ނަމަވެސް، އެވާހަކަތަކާ ގުޅިގެން ބޮއިކޮޓު ކެމްޕޭނަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ ބޮއިކޮޓު ކެމްޕޭނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ވަނީ މުވައްޒަފުންނާ މަޝްވަރާ ކުރުމަށް ވެސް އެދިފަ އެވެ. ނަމަވެސް މަޝްވަރާތަކާ ގުޅޭ އެއްވެސް ތަފުސީލެއް މިހައިތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ސްޓާބަކްސްއަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ހުޅަނގަށް ނިސްބަތްވާ މަޝްހޫރު އެހެން ބައެއް ބޮޑެތި ކުންފުނިތަކަށް ވެސް ދަނީ އެކަމާ ގުޅިގެން ބޮޑެތި ގެއްލުންތަކާ ކުރިމަތި ވާން ފަށައިފަ އެވެ. އޭގެތެރޭގައި ކޭއެފްސީއާއި މެކްޑޮނާލްޑްސްގެ އިތުރުން ކޮކާކޯލާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox