މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ، ގޮންޖެހުންތައް ވާންވާނީ ހިތްވަރަކަށް: ރައީސް

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދޭނެކަމަށް. ފޮޓޯ:މިރާން ނާޝިމް/އަދަދު

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދޭނެކަމަށް. ފޮޓޯ:މިރާން ނާޝިމް/އަދަދު

ވެރިކަންކުރާ ޕާޓީގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދޭނެ ކަމަށް އެޕާޓީގެ އަދި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީއެންސީ/އާއި ޕީޕީއެމުން މަސަކަތް ކުރާނީ ގުޅިގެން އެކު އެކީގައި ކަމަށެވެ. އެ މަސައްކަތް ފުޅާ ދާއިިރާއެއްގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން، ޕީޕީއެމްއާ ޕީއެންސީ ގުޅިގެން ރާއްޖޭގައި ކުރިއަށް އިންތިހާބުގައި ބޮޑު ނަތީޖާއަކުން މަޖިލީހުގެ ސުޕަ މެޖޯރިޓީއާ ހަމައަށް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރުން،" ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި ގޮންޖެހުންތައް މިހާރު ވެސް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގޮންޖެހުންތައް ހުންނާނެ، ގޮންޖެހުންތައް މިހާރު ވެސް އެބަހުރި. ގޮންޖެހުންތަކަކީ އަަޅުގަނޑުމެން ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ވާން ވާނީ،" ރައީސް ވިދާޅުވި އެވެ.

ނިޔަތަކީ ރައްޔިތުންގެ ކުރިއެރުމާ ލާބަޔަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެ، އެ މަސައްކަތުގައި ހުރިހާ އެންމެނާ ވެސް ވާހަކަ ދައްކަން ދެޕާޓީގެ ހަރަކާތްތެރިންނަށް އެމަނިކުފާނު އިލްތިމާސް ކުުރެއްވި އެވެ.

ޕީއެންސީގެ އާ އޮފީސް ހުޅުވީ ސީޓްރެކް ބިލްޑިންގް ގެ ހަތް ވަނަ ފަންގިފިލާގަ އެވެ.

ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން ދިޔައީ ކޯލިޝަނުގައި ދެން އޮތް ޕީޕީއެމްގެ މައި އޮފީހާއި އެއް ފުރާޅެއްގެ ދަށުން ހ. ހުރަފާގަ އެވެ.

އޭގެ ފަހުން ކުރިން އެ ކޯލިޝަނުގެ ލީޑަރުކަމުގައި ހުންނެވި އަބްދުﷲ ޔާމީން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެމެދު ހަމަނުޖެހުން އުފެދެން ފެށި ހިސާބުން ޕީއެންސީގެ އޮފީސް ކާނިވަލުގައި ހުރި ޖަގަހައެއްގައި ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox