މިޝޯންގް ތޫފާނު: އިންޑިއާއިން ނުވަ މީހުން މަރުވެއްޖެ

އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި އަޑިއަށް ގޮސްފައިވާ ކާރެއް

އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި އަޑިއަށް ގޮސްފައިވާ ކާރެއް

ދެކުނު އިންޑިއާގެ އަންދުރަ ޕްރަދޭޝްއަށް, މިޝޯންގް ގެ ނަމުން ނަން ދީފައިވާ ތޫފާނު އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި މިހައިތަނަށް ނުވަ މީހަކު މަރުވެއްޖެ އެވެ.

އަންދުރަ ޕްރަދޭޝްގެ ބަޕަޓްލާ އައްސޭރިއަށް ތޫފާނު އަރާފައި ވަނީ އިއްޔެ މެންދުރު އެވެ. ތޫފާތު އެރުމުގެ ކުރިން އިންޑިއާގެ ސަލާމަތީ އިދާރާތަކުން ވަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ތޫފާނު އެރުމުގެ ކުރިން ވެސް ވެހުނު ވާރެއާ ގުޅިގެން ޓެމިލް ނާޑޫގެ ވެރިރަށް، ޗެންނާއީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ތޫފާނުގެ ސަބަބުން އެ ސްޓޭޓުގެ ހާލަތު އިތުރަށް ގޯސްވެފައި ވާއިރު، ގިނަ މަގުތަކުގައި ފެންގަނޑު ހުރީ އާންމު އިސްކޮޅުގެ މީހެއްގެ އުނަގަނޑަށް ވުރެ ވެސް މައްޗަށެވެ. ބައެއް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވެސް ފެންގަނޑާއެކު ގެންދާތަން ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވެ އެވެ.

އޭގެއިތުރުން ޗެންނާއީގެ އެއާޕޯޓުގައި ވެސް ފެންބޮޑުވެ ވަނީ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފަ އެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭޕްރަންގައި ޕާކުކޮށްފައި ހުރި ބޯޓުތަކުގެ ލޭންޑިން ގިޔަރު ފޮރުވޭ ވަރަށް އެއާޕޯޓުގައި ފެން ބޮޑުވެފައި ހުއްޓެވެ.

ގާތްގަނޑަކަށް 62 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާ އެ ތޫފާނުގެ ސަބަބުން މި ހިނގާ 24 ގަޑިއިރު ވެސް އެ ސްޓޭޓަށް 200 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ.

ނަމަވެސް އެ އިދާރާއިން ލަފާ ކޮށްފައި ވަނީ މިއަދުން ފެށިގެން ތޫފާނުގެ ބާރު މަޑުމަޑުން ކެނޑެމުން ގޮސް މާދަމާގެ ނިޔަލަށް މޫސުން އާންމު ހާލަތަކަށް ރުޖޫއަވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox