ތޫފާނު މިޝޯންގް އިންޑިއާއަށް މިއަދު އަރާނެ

ތޫފާނު މިޝޯންގް އިންޑިއާއަށް މިއަދު އަރާނެ

ތޫފާނު މިޝޯންގް އިންޑިއާގެ އެންމެ ދެކުނުގައި އޮންނަ އަންދުރަ ޕްރަދޭޝްއަށް މިއަދު އަރާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ އެ ތޫފާތު އިންޑިއާއަށް އަރާނެ ކަމަށް ލަފާ ކުރަނީ މާދަމާގެ ހެނދުނާއި މެންދުރާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ތޫފާނުގައި 56 މޭލާއި 62 މޭލަށް ވައިގަދަ ވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 200 މިލިލީޓަރުގެ ވާރޭ އަންދުރަ ޕްރަދޭޝްއަށް ވެހޭނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ.

އެ އިންޒާރާ ގުޅިގެން ޓެމިލްނާޑޫގެ ހަތަރު އަވަށުގެ ސްކޫލުތަކާއި އޮފީސްތަކުގެ އިތުރުން ބޭންކުތައް ވެސް ވަނީ ބަންދުކޮށް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އެގޮތުން ޓެމިލްނާޑޫގެ ދެކުނު އައްސޭރީގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިންޑިއާގެ ސަރުކާރު އިދާރާތަކާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެ އެވެ.

މިހާތަނަށް ދެކުނު އައްސޭރީގައި ދިރިއުޅެމުންދިޔަ ގާތްގަނޑަކަށް 7000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރެވިފައި ވާކަމަށާއި ތޫފާނުގެ މިސްރާބު ހުންނަ ގޮތަކުން ކުރިއަށް އޮތް ވަގުތުތަކުގައި ޖުމުލަ 28،000 އަށްވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރުމަށް ތައްޔާރަށް ތިބި ކަމަށް އަންދުރަ ޕްރަދޭޝްގެ އިދާރާތަކާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޓެމިލްނާޑޫގެ ވެރިރަށް، ޗެންނާއީއަށް ވަނީ ތޫފާނުގެ އަސަރުކޮށް ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، ހަތަރު މީހުން މަރުވެފަ އެވެ.

އިންޑިއާއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ލަފާ ކުރާ ގޮތް ގޯސްވުމުގެ ސަބަބުން ތައިވާނުގެ ފޮކްސްކޮން އާއި ޕެގަޓްރަންއިން ވަނީ އިންޑިއާގައި އެޕަލް އައިފޯން އުފެއްދުން ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox