ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމްގެ ވެރިންނަށް ދައުވާކުރެވޭ ވަރަށް ހެކިލިބޭނެ: ޕީޖީ

އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު ބައްދަލުވުމުގެ ތެރެއިން..... ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު ބައްދަލުވުމުގެ ތެރެއިން..... ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެފްއޭމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި އެ ޖަމިއްޔާގެ އެހެން ވެރިންނަށް ވަރަށް އަވަހަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި މިހާތަނަށް ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށާާއި އޭގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ލިބޭ މައުލޫމާތު ވެސް ހިމެނޭ ކަމަށެވެ. އަދި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެ ވެސް ކުރިއެރުން ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާއެއް ތެރޭގައި އެ މައްސަަލައިގައި ވެސް ކޯޓަށް މައްސަލައެއް ވެއްދޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ހޯދިދާނެ ކަމަށް، އެއީ އަޅުގަނޑުމެންގެ އުންމީދަކީ، މި މައްސަލަ ބާރަށް ކުރިއަށް އެބަދޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަށް ކަމަށާއި ހެކި ހޯދުމަށް ފަހު ދައުވާ ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފްއޭއެމް އިން މާލީ ކަންކަމުގައި ލިޔުން ބަލަހައްޓާފައި ހުރީ އާންމު ގޮތެއްގައި އެކަން ކުރަން ޖެހޭނެ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ، ފައިނޭންޝިއަލް ކްރައިމާ ގުޅޭ މި ކަހަލަ މައްސަލަތަކުގައި ކަންކަން ހޯދަން، ވަގުތު ނަގާނެ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން ތަހުގީގު ފަށައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެފަ އެވެ. އަދި އެތަނަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފަ އެވެ.

ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅޭގޮތުން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއަށް ލިބިފައިވާ އެފްއޭއެމަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި، މިއީ އަމިއްލަ މަސްލަހަތާއި، ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ.

ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ ތަފްސީލްތަކެއް ދާދިފަހުން އެ އިދާރާއިން ހާމަކޮށްފައިވާއިރު، އެފްއޭއެމުން ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމުގެ ހެކި ފެންނަން ހުރިކަމަށް ވަނީ ހާމަކޮށްފަ އެވެ.

އެ އެގޮތުން މި މައްސަލައިގައި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން، އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އޭގެ ސާފު ކިތާބީ ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށެވެ. އަދި މި މުއާމަލާތްތައް ތަފްސީލްގޮތެއްގައި ބަލަންޖެހޭތީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާ އެކު ހާއްސަ އޮޑިޓެއް ހަދަން އެދިފައިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox