ޗެލްސީން ތިއާގޯ ސިލްވާއާ މެދު ގޮތެއް ނިންމަނީ

Nov 28, 2023, 5:07 AM
ޗެލްސީން ތިއާގޯ ސިލްވާއާ މެދު ގޮތެއް ނިންމަނީ

ލަންޑަން (ނޮވެމްބަރު 28) - ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު، ތިއާގޯ ސިލްވާ އަށް މެޗުތަކުގައި ފުރުސަތު ދިނުމުގައި ކަންކަން ކުރާނެ ގޮތެއް ޗެލްސީގެ ކޯޗިން ޓީމުން މަޝްވަރާކުރަން ފަށައިފި އެެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީން ކުޅުނު މެޗުގައި 4-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވިއިރު، އެ މެޗުގައި އުމުރުން 39 އަހަރުގެ ތިއާގޯ ސިލްވާ ކުޅެފައިވެ އެވެ. އެ މެޗާ އެކު، ތިއާގޯ ސިލްވާ ވެފައިވަނީ ޗެލްސީގެ ތާރީހުގައި މެޗަކަށް ނުކުތް އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

ނިއުކާސަލް މެޗުގައި ޗެލްސީގެ ފަަހަތުން މައްސަލަަތަކެއް ފެނިގެންދިޔައިރު، އޭގެ ތެރެއިން، ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ތިއާގޯ ސިލްވާ އަށް ހެދުނު ގޯސްތަކެވެ. އެހެންވެ، އޭނާ އަށް ޗެލްސީގެ މެޗުތަކުން ފުރުސަތު ލިބުން މަދުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަން ފެށި އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ތިއާގޯ ސިލްވާ، މި ސީޒަނުގެ ބާކީ ބައިގައި ބޭނުންކުރާނެ ގޮތްތަކެއް މަޝްވަރާ ކުރަން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އޭނާގެ އެސިސްޓަންޓުންގެ ކިބައިން އެދިފަ އެވެ.

އޭސީ މިލާނާއި ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ތިއާގޯ ސިލްވާ އަށް ޗެލްސީން ދެން އިތުރު ކޮންޓްރެކްޓެއް ދޭނެތޯ ސުވާލު އުފެދިފައިވާއިރު، ރިޓަޔާކުރުމުގެ ކުރިން އޭނާ އަމިއްލަ ގައުމު، ބްރެޒިލްގެ ލީގުގައި ކުޅެން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox