އެމްޑީޕީގެ ސިޔާސަތުތަކުން ގައުމީ ސަލާމަތަށް ނުރައްކާވީ ކަމަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލައިފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ، ގަރާރުގައި ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާފައިވޭ - ފޮޓޯ: މަޖިލިސް

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ، ގަރާރުގައި ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާފައިވޭ - ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ސިޔާސަތުތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އަމާޒު ކުރި ތުހުމަތުތައް ތަހުގީގު ކުރުމަށް ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ.

އެމްޑީޕީ ސަރުކާރަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލައި ހުށަހެޅި ގަރާރަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ. އުކުޅަހުގައި އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ނިންމައިގެން ހުށަހެޅި ގަރާރެކެވެ.

Advertisement

ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ގަރާރުގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެ ޕާޓީގެ ވެރިކަމާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން އެކި ދޮގުތައް ފަތުރަމުން ގޮސްފައިވާ ކަމަށެވެ.

ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީން ބޭނުންވާ ވަކިވަކި ތުހުމަތުތައް އެ ގަރާރުގައި ހިމަނާފައިވެ އެވެ. ރާއްޖޭގައި އެތައްހާސް އިންޑިޔާ ސިފައިން ތިބެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގާލުމަށް ރާވަމުން ދިޔަކަމަށް ކުރި ތުހުމަތު އޭގެ ތެރޭގައި ހިމެނެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ކުރި ތުހުމަތުތައް ބަލަން ވެސް އެ ގަރާރުގައި ގޮވާލައިފައިވެ އެވެ. އަނެއް ތުހުމަތަކީ ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނެ ކުރަމުން ދިޔަ ތުހުމަތުތަކެވެ.

"...އެމްޑީޕީގެ އަބަދުވެސް އުންމީދަކީ އަދި އަމާޒަކީ މި މަގުން ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައިވީހިނދު؛ މި ފެށޭ ރިޔާސީ ދައުރުގައި އެމްޑީޕީގެ ދައުރު ނުހަނު މުހިއްމު ކަމުގައި ދެކޭ ހިނދު، ޑިމޮކްރަޓިކް އުސޫލުން ދިވެހިވެރިކަމުގެ އެންމެހައި ކަމެއް ހިންގުމަށް ބާރު އެޅުމަކީ މި ގައުމުގެ ހަމަޖެހުމަށް ނުހަނު މުހިންމު ކަމެއް ކަމުގައިވާތީވެ، އަނިޔާވެރިކަން އަނބުރާ އިއާދަވުން އެއީ ދިވެހި އެއްވެސް ރައްޔިތަކު ދެކެން ބޭނުންނުވާ ދުވަހެއް ކަމުގައިވާތީވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީ އާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިޔުން އެއީ ފެންނަން އޮތް ހަގީގަތެއް،" އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވެ އެވެ.

އެމްޑީޕީ އަކީ 2005 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު ސިޔާސީ ޕާޓީ ކަމަށާއި ރޭވިގެން ހިންގަމުން އައި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، އާ ގާނޫނު އަސާސީ އެކުލަވާލައި އަސާސީ ހައްގުތައް ދިވެހިރައްޔިތުންނަށް ހޯދައި ދީ ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް ގެނައުމަށް ފެށި މަސައްކަތުގެ އާރުކާޓީއަކީ އެ ޕާޓީ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox