ފުށިދިއްގަރު މަޝްރޫއުގައި އޮތީ ހަމައެކަނި ކުރެހުމެއް، ފައިސާ ހޯދާނެ ގޮތް، ހޭދަވާނެ އަދަދު ވެސް ފައިނަލެއް ނޫން!

ފުށިދިއްގަރުފަޅު ----

ފުށިދިއްގަރުފަޅު ----

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ބިޔަ ވައުދުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅުހިއްކުމުގެ މަޝްރޫއަށް ދައުލަތުން ހޭދަވާނެ ފައިސާގެ އަދަދެއް ނޭނގޭ ކަމަށާއި އެ މަޝްރޫއަށް ފައިނޭންސް ހޯދާނެ ފައިނަލް ޕްލޭނެއް ވެސް މިހާތަނަށް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން ހައިދަރު މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް އޭނާ މިއަދު ހާޒިރުކޮށް މެމްބަރުން ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ހައިދަރު ދެއްވި ޖަވާބުތަކުން އެ މަޝްރޫއުގެ އެއްވެސް ކަމެއް އަދި ފައިނަލް ނުވާކަން ހާމަވެ އެވެ.

އެގޮތުން މި ސަރުކާރުން އެންމެ ބާރަށް ދައްކާ ފުށިދިއްގަރު މަޝްރޫއަށް މި ފަސްއަހަރުތެރޭ ދައުލަތުން ހޭދަވާނެ ހަރަދުގެ އަންދާޒާއެއް އެނގޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ހައިދަރު ވިދާޅުވީ ފުށިދިއްގަރު ހިއްކަން ބަޖެޓުގައި ހިމަނަން އެދިފައިވާ 400 މިލިއަން ރުފިޔާ ފާސްވެއްޖެ ނަމަ އެ މަޝްރޫއު ފަށައިގަންނަން އެ ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް ފަސް އަހަރު ތެރޭ އެ މަޝްރޫއަށް ހިނގާނެ ހަރަދުގެ ހިސާބު ސަރުކާރުން އަދި ނުޖަހާ ކަމަށް ވިދާޅުވި އެވެ.

"ފަސް އަހަރުތެރޭ ދާނެ ވަރެއް އަޅުގަނޑުމެން ކަލްކިއުލޭޓުކޮށްފަ އެއް ނެތް އިނގޭތޯ،" ހައިދަރު ވިދާޅުވި އެވެ.

ފުށިދިއްގަރު ހިއްކަން ސަރުކާރުން އެދިގެން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ބަޖެޓު ފާސްނުވާތީ އެއީ އަދި ލިބޭނެ ފައިސާއެއް ކަމެއް ޔަގީނެއް ނުކުރެވެ އެވެ.

ދައުލަތުގެ ދަރަނި ރެކޯޑު އަދަދަކަށް އުފުލިފައިވާއިރު އެ މަޝްރޫއަށް ފައިނޭންސް ހޯދުމާއި ގުޅޭގޮތުން މެމްބަރުން ކުރި ސުވާލުތަކަށް މިނިސްޓަރު ވިދާޅުވީ ބަޖެޓުން ލިބޭ ފައިސާ އާއި އެހެނިހެން ގޮތްގޮތުން ވެސް ފައިސާ ހޯދިދާނެ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އެހީތަކާއި އެހެން މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓުން ފައިސާ ނަަގައި ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޭރުގެ ފަރާތަކުންވެސް ފައިސާ ހޯދޭނެ. ސަރުކާރުގެ އެހެން މަޝްރޫއުތަކުން ވެސް ފައިސާ ހޯދޭނެ ގޮތްތައް ހަމަޖެއްސޭނެ. ދެން އެ ފައިސާ ހޯދާނެ ގޮތަކާ ހުރިހާ އެއްޗެއް ހަމަޖެހިގެން އެކަން ކުރިއަށްދާނީ،" ހައިދަރު ވިދާޅުވި އެވެ.

ކޮމިޓީގައި ހައިދަރު ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ފުށިދިއްގަރުގެ ލޭންޑް ޔޫސް ޕްލޭން ވެސް ހެދިފައިވާ ކަމަށެވެ. ނަމަވެސް އެތަނުގެ އީއައިއޭ ހަދައި ނިމިއްޖެތޯ މެމްބަރުން ސުވާލުކުރުމުން ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންވެ އަދި އޮތީ ފާސް ވެސް ނުކޮށް އޮތް ލޭންޑް ޔޫސް ޕްލޭނެއް ކަމަށް ހައިދަރު ވަނީ ވިދާޅުވެފަ އެވެ. ގާނޫނު ބުނާގޮތުން ލޭންޑްޔޫސް ޕްލޭނެއް ފާސްކުރެވޭނީ އީއައިއޭ ހެދުމަށް ފަހެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު ރައީސް މުއިއްޒު ހުވާކުރައްވައި ދެއްވި ތަގުރީރުގައި ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރު ހިއްކުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ގިނަ މަސައްކަތްތަށް މިހާރުވެސް ހުރީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކުގެ ޒީނަތްތެރި މަލަތައް ދިވެހި ފަޅުފަޅުން އުފުލިގެން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox