ހުކުމް ތަންފީޒުކޮށް ނިމުމުން ލުތުފީ މިނިވަން ވެއްޖެ

ނޮވެމްބަރު 3، 1988 ގެ ބަޣާވާތުގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު ރާއްޖެއަށް އަނބުރާ ގެނެސް، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. އޭނާ މިއަދު ވަނީ މިނިވަންވެފައި. ފޮޓޯ: ސޯޝަލް މީޑިއާ

ނޮވެމްބަރު 3، 1988 ގެ ބަޣާވާތުގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު ރާއްޖެއަށް އަނބުރާ ގެނެސް، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. އޭނާ މިއަދު ވަނީ މިނިވަންވެފައި. ފޮޓޯ: ސޯޝަލް މީޑިއާ

ނޮވެމްބަރު 3، 1988ގައި ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ، އަބްދުﷲ ލުތުފީ ހުކުމް ތަންފީޒުކޮށް ނިމުމުން, މިނިވަން ވެއްޖެ އެވެ.

ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައި ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އެކަމަކު، ފަހުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.

އެ މައްސަލާގައި އޭނާއަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމުނީ މިއަހަރުގެ އޭޕްރީލް 25 ގަ އެވެ. އެއަށްފަހު އޭނާ ގެންދިޔައީ ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި އޭނާއަށް ކުރި ހުކުމް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް ވެސް މިއަދު ތަންފީޒުކޮށް ނިމުމާއެކު ލުތުފީ ވަނީ މިއަދު މިނިވަން ވެފަ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރަން ލަންކާއަށް ދާން ޖެނުއަރީ 16، 2010ގައި ފުރި ގޮތަށް އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ނޮވެމްބަރު 3، 1988 ގައި ކުރި ބަޣާވާތަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.
ނޮވެމްބަރު 3، 1988 ގައި ކުރި ބަޣާވާތަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

ނޮވެމްބަރު 3، 1988 ގައި ކުރި ބަޣާވާތަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާއެކު، މެއި 1، 2019ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެ އެތަނުގައި ދިރިއުޅެމުންދިޔަކަން ބަޔަކު ފަޅާއަރުވާލުމުންނެވެ.

ލަންކާގެ އިދާރާތަކާ ގުޅިގެން، ޖުލައި 9، 2019ގައި ލުތުފީ ރާއްޖެ ގެނެސް، ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާއާ ގުޅިގެން، މާޗް 10، 2021ގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރީ އޭނާ ދައުވާއަށް އިއުތިރާފުވުމުންނެވެ.

ލުތުފީ ފިލައިގެން ދިޔަ މައްސަލައިގެ ހުކުމް އޭނާ ތަންފީޒުކުރަން ފެށީ ނޮވެމްބަރު ތިނެއްގެ ހުކުމް ނިމުމުން މިއަހަރު އޭޕްރީލް މަސް ތެރޭގަ އެވެ.

ތަމަޅަ ޓައިގަރުންނާއެކު ލުތުފީ ވެސް ބަޑި ހިފައިގެން މާލެ ތެރޭގައި އުޅުނެވެ. އެގޮތުން، ބައެއް ކެބިނެޓް މިނިސްޓަރުން ހޯދަން އެ ބޭފުޅުން އުޅުއްވި ގެތަކަށް ވެސް ބަޑި ހިފައިގެން ވަނެވެ. އޭނާ އަތުލައިގަތީ ހަމަލާ ނާކާމިޔާބުކޮށްލުމުން، "އެމްވީ ޕްރޮގްސްރެސް ލައިޓް" ނަމަކަށް ކިޔާ ބޯޓެއް ހައިޖެކްކޮށް، ދިވެހީންތަކެއް ރަހީނުކޮށްގެން ފިލަން ދަނިކޮށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ކަނޑުމަތިންނެވެ.

ލުތުފީ އިސްވެ ހުރެ ވެރިކަން ވައްޓާލަން ދިން އެ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.

ލުތުފީއާއެކު އެ ހަމަލާގައި ބައިވެރިވި، ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ވެސް 25 އަހަރުގެ ހުކުމެއް ކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވެފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ލުތުފީގެ ހުކުމް ތަންފީޒުކޮށް ނިމުމާއެކު، 19 ދިވެއްސަކު ޝަހީދުކޮށްލި އެ ހަމަލާއާ ގުޅިގެން ކުރި ހުރިހާ ހުކުމެއް ވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox