ޔާމީނުގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދީއްތަ ދުވަހު އެދެނީ

ކުރީގެ ރައީސް ޔާމީން؛ ޔާމީނުގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ -- ފޮޓޯ: އިޔާން/އަދަދު

ކުރީގެ ރައީސް ޔާމީން؛ ޔާމީނުގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ -- ފޮޓޯ: އިޔާން/އަދަދު

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދީއްތަ ދުވަހު ހުށަހަޅަން ނިންމައިފި އެވެ.

ޔާމީނުގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު މިއަދު "އަދަދު"އަށް ވިދާޅުވީ އަސާސީ ގަވާއިދު އެކުލަވައިލުމުގެ މަސައްކަތާއި އެހެނިހެން އިދާރީ މަސައްކަތްތައް ބާރަށް ކުރިއަށް ދާކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެވޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.

"ރޭގަ ނަން ފާސްވެފައި މިއޮތީ، ރައީސް ޔާމީނު ހެނދުނު ލޯގޯ ފާސްކުރައްވައިފި. އަސާދީ ގަވާއިދު ނިމުމުގެ މަގުމަތީގައި، އިދާރީ ގޮތުން ދެން ހުރި ކަންކަން ހުކުރުން ފައިބައިގެންނާއި އެއްކޮށް އަޅުގަނޑުމެން ފަށާނަން" މަލީހް ވިދާޅުވި އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓާވައިފައި މިވަނީ ޕީޕީއެމްއިން ކުއްލި ގޮތަކަށް ވަކިވެވަޑައިގަތުމަށްފަހު އެވެ. ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އާ ރައީސް މުއިއްޒު ހުވާކުރެއްވިތާ ބަރާބަރު ހަފުތާއެއް ފަހުންނެވެ.

އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގެން ސަބަބު ބަޔާން ކޮށްދެއްވަމުން ރައީސް ޔާމީންގެ ލޯޔަރު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނެލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ނިންމުން ޔާމީން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލު ރޭ ހާމަކުރެއްވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕްރޮގުރެސިވް ކޯލިޝަން ތަމްސީލު ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޖޮއިންޓު ސެނެޓު ބައްދަލުވުމާ ހަމައިން ރައީސް މުއިއްޒުއަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދެން ފަށައިފަ އެވެ.

ނުތަނަވަސްކަމުގެ ހުޅު ފަޅައިގެންދިޔައީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އިންތިހާބު ބޮއިކޮޓު ކުރަން ރައީސް ޔާމީން އެދިލެއްވި ހިސާބުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox