ލަންޑަންގެ ހޮޓަލަކުން 350،000 ޕައުންޑް (6.7 މިލިއަން ރުފިޔާ)ގެ އަގުހުރި ގަހަނާ އަޅާފައި ހުރި ސޫޓްކޭހެއް ވަގަށް ނެގި މީހަކު ހޯދަން ފަށައިފި އެވެ.
އިނގިރޭސި ވިލާތުގެ ފުލުހުން ބުނި ގޮތުގައި އެ ސޫޓްކޭސް ވަގަަށް ނަގާފައި ވަނީ މިދިޔަ އޮކްޓޯބަރު 8 ވަނަ ދުވަހު އެވެ. އެ ގަހަނާ ފޮށި ވަގަށް ނެގީ އެ ހޮޓެލްގައި ހައުސްކީޕަރަކަށް އުޅުނު މެރިނޭލާ މަނޮލެސްކޫ ކަމަށް ތުހުމަތު ކުރެ އެވެ.
އުމުރުން 28 އަހަރުގެ އެ ޒުވާނާ ފިލާފައި ވާއިރު، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އިލްތިމާސް ކުރި އެވެ.
ނަމަވެސް އެ މީހާ މިހާރު އިނގިރޭސި ވިލާތް ދޫކޮށް ރޫމޭނިއާއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ، އެ ގައުމުގެ ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.









