ރައީސް މުއިއްޒު 25 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

Nov 21, 2023, 3:55 PM
ސްޓޭޓް މިނިސްޓަރުކަމާއި ބައެއް އެހެން މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު. ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރުކަމާއި ބައެއް އެހެން މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެކި ވުޒާރާތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު 25 ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ބައެެއް މިނިސްޓްރީތަކަށް ތިން ހަތަރު ސްޓޭޓް މިނިސްޓަރުން ރައީސް އައްޔަން ކުރެއްވި އެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީ، ހައުސިން މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް މިނިސްޓްރީ ހިމެނެ އެވެ.

    1. ނ. ފޮއްދޫ ޔާގޫތުގެ، ޙުސައިން ޝާމް އާދަމް
    2. ގ. ބާނި، އަޙްމަދު މާޒިން
    3. ނ. ވެލިދޫ މާކޯނި، ޑޮކްޓަރ އަހުމަދު މުހައްމަދު

    އެޑިއުކޭޝަން މިނިސްޓްރީ

    • ރ. އަލިފުށި ފުސްތުޅާގެ، ޑޮކްޓަރ އަބްދުއްލަތީފް މުހައްމަދު

    ހެލްތު މިނިސްޓްރީ

    1. ހ. ހުވަދޫ، ހަދީޖާ އަބްދުއްސަމަދު ޢަބްދުﷲ
    2. މއ. ރަސްއައިން، އިސްމާޢީލް ޢަބްދުﷲ
    3. ގދ. ވާދޫ ހުސްނުހީނާގެ، އަހުމަދު ގާސިމް

    ލޯކަލް ގަވަރންމަންޓް މިނިސްޓްރީ

    1. ހުޅުމާލެ. ފްލެޓް ނަންބަރު 02-1-88 މުޙައްމަދު ރަފީޤު ޙަސަން
    2. ށ. ކޮމަންޑޫ ރަންކޮކާގެ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
    3. ލ. ގަން ތުނޑި. ކޯޒީކޯނަރ އަޙްމަދު ރަޝީދު

    އިސްލާމިކް އެފެއާޒް މިނިސްޓްރީ

    • މއ. ބަރަކަ، ޑޮކްޓަރ މުޙައްމަދު ޝުޖާއު އަބްދުލްހަކީމް

    ޓޫރިޒަމް މިނިސްޓްރީ

    • ޏ. ފުވައްމުލައް މިސްކިތްމަގު. މާވޭދު، މުންއިމް އަނީސް

    ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

    • މ. ކޮތަންމާގެ، އާމިނަތު ހުސައިން ޝަރީފް

    ސްޕޯޓްސް މިނިސްޓްރީ

    • ވ. ނަލަދުވެލި، މުޙައްމަދު ރިޔާޒް

    ދިވެހި ލެންގުއޭޖް، ކަލްޗާ މިނިސްޓްރީ

    • ހއ. ތަކަންދޫ ސާދާގެ، އަޙްމަދު ސާލިމް

    އެގްރިކަލްޗާ މިނިސްޓްރީ

    • ހ. އަސްޖެހިގެ، މަރްޔަމް ވިޝާމާ

    ޑިފެންސް މިނިސްޓްރީ

    • އައްޑޫ ހިތަދޫ މުދިންގެ، މުއާޒް ހަލީމް

    ސްޓޭޓް މިނިސްޓަރުންގެ މަގާމަށް 25 ބޭފުޅަކު އައްޔަންކުރެއްވުމުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށާއި ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވެސް ރައީސް މުއިއްޒު މިއަދު ބޭފުުޅުން އައްޔަންކުރެއްވި އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ އިބްރާހީމް އަބްދުއްރައްޒާގެވެ. ސްޕޯޓްްސް ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، މުހައްމަދު ތޮލާލެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

    މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

    ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

    މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

    ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

    މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

    ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

    ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

    "ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

    ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

    ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

    ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

    ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

    ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

    Newsletter

    Get the latest news delivered straight to your inbox