ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބޭތީ ވިލާ ކޮލެޖުން ކަންބޮޑުވުން ފާޅުކޮށްފި

ވިލާ ކޮލެޖް -- ފޮޓޯ: އަދަދު

ވިލާ ކޮލެޖް -- ފޮޓޯ: އަދަދު

ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބޭތީ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމުގައި ވިލާ ކޮލެޖުން ބުނެފި އެވެ.

ބައިނައްލަގުވާމީ ފެންވަރުގެ ޔުނިވާސިޓީ އަދި ކޮލެޖު ރޭންކިން ސިސްޓަމް، ކިއުއެސް ސްޓާއިން ވިލާ ކޮލެޖަށް ހަތަރު ތަރި ލިބުން އިއުލާނު ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަންބޮޑުވުން ފާޅުކުރެއްވީ، އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަލީ ވިދާޅުވީ، ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބުމުގެ ސަބަބުން އެކި ރޭންކިން ސިސްޓަމްތަކަށް ކުރިމަތިލުމުގައި އެ ކޮލެޖަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

ރާއްޖޭގައި ޔުނިވާސިޓީގެ ދަރަޖަ ދިނުމަށް އޮންނަ ސިސްޓަމުން މިސާލު ނަންގަވަމުން ޑރ. އަލީ ވިދާޅުވީ، ކޮލެޖު ދަރަޖައިގެ އެއްވެސް ތަނަކަށް ރާއްޖޭގައި ޕީއެޗްޑީ ފެންވަރުވެ ޕްރޮގްރާމްތައް ނުހިންގޭ ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ އެހެން ކޮލެޖުތަކުގެ ޖޮއިންޓް އަދި ޑުއަލް ޕްރޮގްރާމުތައް ވެސް ނުހިންގޭކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް -- ފޮޓޯ: އަދަދު/މިރާޝް
ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް -- ފޮޓޯ: އަދަދު/މިރާޝް

ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް -- ފޮޓޯ: އަދަދު/މިރާޝް

މީގެ އިތުރުން ވިލާ ކޮލެޖަށް ޔުނިވާސިޓީ ދަރަޖަ ނުލިބުމުގެ ސަބަބުން ރަނގަޅު ފެންވަރުގެ ޕްރޮފެސަރުން ގެނައުމާއި އެހެން ކޮލެޖުތަކާއެކު މަސައްކަތް ކުރުމުގައި ގޮންޖެހުންތަކަކައި ކުރިމަތިވާކަން ވައިސް ރެކްޓާ ފާހަގަކުރެއްވި އެވެ. އަދި ޓޮޕް ޔުނިވާސިޓީ ރޭންކިން އެއްގައި ވިލާ ކޮލެޖު ހިމެނޭއިރު، ޔުނިވާސިޓިއެއްގެ ދަރަޖަ ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވިދާޅުވި އެވެ.

"ދުނިޔޭގެ ފެންވަރުގަ ވިލާ ކޮލެޖު ހިފަހައްޓާލާ، ދެމެހެއްޓެނެވި ގޮތެއްގެ ހިދުމަތް ދިނުމަށް އޮތް ހުރަހެއް އެއީ[ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބުން]. ގައުމަށް ބަލާއިރު، ހަޔާ އެޑިއުކޭޝަން ސެކްޓާގެ ޑިވެލޮޕް ކުރުމަށްޓަކާ ވިލާ ކޮލެޖަށް ޔުނިވާސިޓިއެއްގެ ސްޓޭޓަސް ދިނުން މުހިއްމު،" ވައިސް ރެކްޓާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިނގަމުން އަންނަތާ 20 އަހަރުވެފައިވާ ނަމަ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވަނީ އެ މުއްދަތު 10 އަހަރަށް ބަދަލުކުރަން މިދިޔަ އޮކްޓޫބަރު 16، ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

ވިލާ ކޮލެޖު ހިންގަން ފެށީ 2008 ވަނަ އަހަރު އެވެ. މިއީ އެ ކޮލެޖު ހިންގާތާ 16 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox