އީވާ ރިޔާސަތުން ދުރުވެ، ނަޝީދު ވަކިކުރާ ގަރާރު ކުރިއަށް ގެންދަން ގާސިމް ގޮވާލައްވައިފި

ގާސިމް އިބްރާހިމް މަޖިލީހުގެ ކުޑަ ދޮށުގައި މެންބަރުންނާއެކު؛ ނަޝީދު ވަކިކުރާ ގަރާރު އިއްވަން ފުރުސަތު ދޭން ގޮވާލެއްވި - ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ގާސިމް އިބްރާހިމް މަޖިލީހުގެ ކުޑަ ދޮށުގައި މެންބަރުންނާއެކު؛ ނަޝީދު ވަކިކުރާ ގަރާރު އިއްވަން ފުރުސަތު ދޭން ގޮވާލެއްވި - ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު ކުރިއަށްދާ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އިއްވައި އެ މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަނީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ފުރަތަމަ ޖަލްސާ ފެއްޓެވިއިރު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ގިނަ މަޖިލިސް މެންބަރުން ރިޔާސަތު ކުރިމަތީ އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ބޭނުން ވަނީ އީވާ ރިޔާސަތު ދޫކުރައްވައި، ދެން ރިޔާސަތު ބަލަހައްޓަވަން ހުންނެވި މެންބަރަކަށް ފުރުސަތު ދެއްވުމަށެވެ. ނަމަވެސް އީވާ ރިޔާސަތުގައި އިންނެވުމުން އެމްޑީޕީގެ މެންބަރުން ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ.

ފަހުން ޖަލްސާ ފެއްޓެވީ، މާހައުލު އަޑުގަދަވުމާއެކު މެންބަރުން ހެޑްސެޓް ބޭނުންކޮށްގެންނެވެ. ނަމަވެސް ގަރާރު އިއްވަން ފުރުސަތު ނުދެއްވައި އީވާ ފުރުސަތު ދެއްވަމުން ގެންދެވީ މެންބަރުންގެ ނިޒާމީ ނުކުތާއަށެވެ. ފުރަތަމަ ނިޒާމީ ނުކުތާ ނަންގަމުން ވެސް ގެންދެވީ އީވާއަށް ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.

ނިޒާމި ނުކުތާގެ ފުރުސަތެއްގައި، މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލްކުރައްވާ މެންބަރު ގާސިމް ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި އޮތް އައިޓަމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ކަމަށެވެ. އެ ގަރާރަށް ފުރުސަތު ނުދެއްވައި ޖަލްސާ ކުރިއަށް ގެންދަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

"ގާނޫނު އަސާސީގައި އޮންނަ ގޮތުން މަޖިލީހުގެ ނައިބު ރައީސަށް ނުވެސް އިށީނދެވޭނެ، އެއީ މިއީ ކަމަނާއަށް މަސްލަހަތު ފުށުއަރާ ކަމެއް މިއީ، ކަމަނާ ތި ތަނުން ފައިބައިވަޑަންނަވާ،" ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހާއި، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުނން މަޖިލީހުގެ ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ. އެހެން މެމްބަރަކާ ރިޔާސަތު ހަވާލުކުރާނީ ނައިބު ރައީސް ވެސް ވަޑައިނުގަންނަވާ ހާލަތުގަ އެވެ.

ނަމަވެސް މަޖިލީހުގައި މިހާރު އުފެދިގެން އުޅޭ ހިޔާލު ތަފާތު ވުމަކީ ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު، މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް އިއްޔެގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ނިންމެވުމުންނެވެ. އީވާ ވެސް ވަނީ އެ ނިންމެވުން ދަމަހައްޓަވައިފަ އެވެ.

މި ހައިޖާނުގަނޑުގެ ތެރެއިން އެމްޑީޕީން ދެން ދިޔައީ ސުލޫކު ކޮމިޓީއަށެވެ. އީވާއާއި އަފީފު ވެސް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ތުހުމަތު ކުރައްވަ އެވެ. އެ ކޮމިޓީން ލަފައެއްގެ ސިފައިގައި ފާސްކުރީ ނަޝީދުގެ ގަރާރު ގެންދަވަން އީވާއާއި އަފީފުގެ މަސްލަހަތު ފުށު އަރާތީ، އެހެން މެންބަރަކަށް ރިޔާސަތު ހަވާލު ކުރެއްވުމަށެވެ.

އެ މައްސަލަ އާންމު ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ނިންމީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފައެއް ހޯއްދެވުމަށެވެ. ރިފްއަތު ދެއްވި ގާނޫނީ ލަފައަކީ މަސްލަހަތު ފުށު އަރާ ކަމަށް ވަންޏާ، އީވާއާއި އަފީފު ރިޔާސަތު ބެލެހެއްޓެވުން އެންމެ ރަނގަޅު ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox