އިތުބާރުގެ މައްސަލަ ނުނިމެނީސް ނަޝީދު އެދުނީ ބަޖެޓު އެޖެންޑާކުރަން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ މަސައްކަތްތައް އޮތީ އެއްކޮށް ހުއްޓިފައި --- ފޮޓޯ: ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ މަސައްކަތްތައް އޮތީ އެއްކޮށް ހުއްޓިފައި --- ފޮޓޯ: ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމި އޮތްއިރު، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގަނެފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އޮތް ދެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތުގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވިއިރު، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައި އެ ބޭފުޅުން ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި ނެގީ ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގަރާރެއް ނޫން ކަމަށެވެ.

ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ނިންމެވީ، ޑެމޮކްރެޓުން ބޭނުންވި ގޮތަށް އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ. އެހެންވެ، ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އެންގި އެވެ.

އަފީފުގެ އެ ނިންމުން މަޖިލީހުގެ އަމީން އާންމު ގަބޫލު ނުކުރައްވައި، 11:30 އަށް ވެސް ޖަލްސާ އެޖެންޑާކުރި އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ސަލާމު ފޮނުއްވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ނިންމެވީ ގަރާރު ބޭރުކޮށްލަން އަފީފު ނިންމެވި ނިންމެވުން ރަނގަޅު ކަމަށެވެ.

ނަމަވެސް އަމީންއާންމު ފާތިމަތު ނިއުޝާ ގަބޫލު ކުރައްވަނީ އީވާ އާއި އަފީފުގެ ނިންމެވުން ގޯސް ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ނިމިފައިވާ ކަމަށް އަމީންއާންމު ގަބޫލު ނުކުރައްވާއިރު، އަމީންއާންމަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވަނީ މާލީ އަހަރު ފެށުމުގެ ދެ ދެ މަސް ކުރިން ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

އެގޮތަށް, ބަޖެޓު ހުށަހެޅުމަށް އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަނެފައި ނުވާ ކަމަށް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

titledesc

"ގާނޫނުއަސާސީ އާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީހަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން މިހާރު ލަސްކުރައްވާފައިވުމާއި, ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ, ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް ދެންނެވީމެވެ," ނަޝީދުގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ނަޝީދު މިގޮތަށް އެދިވަޑައިގަނެފައި ވާއިރު އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އީވާ އާއި އަފީފު ވަނީ ހުއްޓުވައިފަ އެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނިސްބަތްވެވަޑައިގަންނަވަނީ ނަޝީދު އެމްޑީޕީން ވަކިވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަށެވެ.

އެ ދެ ބޭފުޅުންނަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި އެ ދައުރު އަދާކުރައްވަން ފަސް މެމްބަރުން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ބޭފުޅަކީ ހަސަން އަފީފެވެ. އެއީ ވެސް ދަ ޑިމޮކްރެޓްސްގެ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ލިޔުމުން މަޖިލީހަށް ހުށަހަޅާފަ އެވެ. އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދީ ހުއްޓުވާފައި އޮތް މަޖިލީހުގެ ތަޅުމަށް އަދި އަމީރު ބަޖެޓު ހުށަހަޅުއްވާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox