މަޖިލިހުގެ އިދާރާއެކު އެމްޑީޕީ މަޝްވަރާއަށް; މެޖޯރިޓީ ލީޑަރު ވިދާޅުވަނީ ގަރާރު ގަވާއިދަށް ފެތޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް؛ ގަރާރު ގަވާއިދަށް ފެތޭ ކަމަށް ވިދާޅުވި - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް؛ ގަރާރު ގަވާއިދަށް ފެތޭ ކަމަށް ވިދާޅުވި - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދަށް ފެތޭ ކަމަށާއި ގަރާރު ތަޅުމުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ ވިދާޅުވެ ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ފާހަގަ ކުރައްވައިފަ އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވަނީ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރެއް ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު އޭގައިވާ ގޮތުގެ މަތިން ދީބާޖާއެއް ވެސް އިތުބާރު ނެތް ކަމުގެ ގަރާރުގައި ހުށަހަޅާފައެއް ނުވެ އެވެ.

މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް "އަދަދު" ނޫހަށް ވިދާޅުވީ ގަވާއިދަށް ގަރާރު ނުފެތޭ ކަމަށް ދެއްކި ވާހަކަތަކީ ހަމަޖެހޭ ވާހަކަތެއް ނޫން ކަމަށެވެ.

"މިއީ މާ ކުރިން ނޯޓިސް ދެވި، އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް، އެ ގަރާރު ބޭރުކުރެވިގެން ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ އިދާރާއެކު މަޝްވަރާ ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ.

އާޒިމް ނެންގެވި ނިޒާމީ ނުކުތާއަށް ފަހު، ކޮންމެ މެންބަރަކު ވެސް ގެންދެވީ ނިޒާމީ ނުކުތާގެ ފުރުސަތު ހޯއްދަވައި އެ ކަމުގައި ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުވަމުންނެވެ. އެ ބަހުސް އެތައް އިރެއް ވަން ދެން ގެންދަން ފެށުމުން އެމްޑީޕީގެ މެންބަރުން އެދުނީ އާޒިމްގެ ނުކުތާއާ މެދު ރިޔާސަތުން ގޮތެއް ނިންމުމަށެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ދެން އިއުލާން ކުރެއްވީ ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ނޫން ކަމަށެވެ. ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެ މެންބަރު، ޑިމޮކްރެޓްސްގެ ސްޓޭންޑާ އެއް ގޮތަށް ކަނޑައެޅުއްވުމަށް ފަހު ޖަލްސާ ނިންމަވާލެއްވި އެވެ.

"މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފައި. އެހެންވީމާ އަލުން މި މައްސަލަ ހުށަހަޅުއްވަން، މި މައްސަލަ މިހާރު ނިމުނީ،" އަފީފު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނަޝީދު ވަކިކުރުމުގެ ގަރާރު އެކި ފަހަރު މަތިން ގެންދަން މަސައްކަތްކޮށްގެން ވެސް އެ ކަން ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.

މަޖިލީހުގެ އިދާރާއިން ވެސް ގަވާއިދު އެކި ގޮތަށް މާނަކޮށްގެން އެ ކަން ހުއްޓުވާފައި އޮތުމަށް ފަހު މިއަދު ގަރާރު އެޖެންޑާކުރީ، ކުރިމަތިވެފައިވާ ދުސްތޫރީ ހިންގުމުގެ ސުވާލުތަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅައި އިއްވި ހުކުމަށް ފަހު އެވެ.

އެންމެ ފުރަތަމަ ހަމަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ނައިބު ރައީސް އީވާ އަބްދުﷲ ނެތިސް އެ ގަރާރު ނުގެންދެވޭނެ ކަމަށް އިދާރާއިން ނިންމާފައިވެ އެވެ. އެއިރު ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ހުންނެވީ މަޖިލީހަށް ސަލާމުގަ އެވެ. އޭނާ މިއަދު ވެސް ހުންނެވީ ސަލާމުގަ އެވެ.

ގަވާއިދުގެ 205 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ކުރިން މަޖިލީހުން މައްސަލަ ހުއްޓުވާފައި އޮންނަނީ ގަވާއިދުގެ އެ މާއްދާއަށް އެކަނި ރިއާޔަތްކޮށްގެންނެވެ.

ސުޕްރީމް ކޯޓުން ވަނީ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ފިޔަވައި ރިޔާސަތު ބަލަހައްޓަން ކަނޑައަޅާ އެހެން މެންބަރުންނަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މިއަދަށް އަލުން ގަރާރު އެޖެންޑާކުރީ ސުޕްރީމް ކޯޓުގެ ހުކުމް އެ ގޮތަށް އައުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox