ނަޝީދު ވަކިކުރުމުގެ ގަރާރު މަޖިލީހުގައި ނުގެންދެވެންވީ ސަބަބެއް ނެތް: އުޝާމް

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް؛ ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދާ ހިލާފު ކަމަށް ބުނާތީ އޭނާގެ ގާނޫނީ ރައުޔު އިއްވެވި - ފޮޓޯ: މަޖިިލިސް

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް؛ ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދާ ހިލާފު ކަމަށް ބުނާތީ އޭނާގެ ގާނޫނީ ރައުޔު އިއްވެވި - ފޮޓޯ: މަޖިިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ ވިދާޅުވެ ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ފާހަގަ ކުރައްވައިފަ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވަނީ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރެއް ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު އޭގައިވާ ގޮތުގެ މަތިން ދީބާޖާއެއް ވެސް އިތުބާރު ނެތް ކަމުގެ ގަރާރުގައި ހުށަހަޅާފައެއް ނުވެ އެވެ.

Advertisement

މަޖިލިހުގެ ޖަލްސާ އެ ބަހުސްގައި ތާށިވެފައިވަނިކޮށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޓާނީ ޖެނެރަލްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައިވާ އުޝާމް ވެސް ނިޒާމީ ނުކުތާއެއްގެ ފުރުސަތުގައި ވަނީ އޭނާގެ ގާނޫނީ ރައުޔު އިއްވަވައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި މީގެ ކުރިން ޑެޕިއުޓީ ކަން ވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާން ކުރާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މުޅިން ތަފާތު ދެ ބާވަތުގެ ދެ ގަރާރެއް ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގައި އެ ބުނާ ގަރާރާއި ގާނޫނޫ އަސާސީގެ 82 ވަނަ މާއްދާގައި އެ ބުނާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރަކީ މުޅީން ތަފާތު އިޖުރާއަތްތަކެއްގެ ތެރެއިން މަތިން ހިނގާނެ ދެ ގަރާރު ކަން،" އުޝާމް ވިދާޅުވި އެވެ.

ގަވާއިދުގެ 167 ވަނަ މާއްދާއާ ހަވާލާ ދެއްވައި، އުޝާމް ފާހަގަ ކުރެއްވި ގޮތުގައި، އެއީ މަޖިލީހުގެ މެންބަރުން ކަމެއްގައި ދެކޭ ގޮތެއް ގަރާރެއްގެ ސިފައިގައި ފާސްކުރެއްވުމެވެ. އެކަމަށް ގަވާއިދުގައި އޮންނަ އިޖުރާއަތަކީ ބިލެއް ހުށަހެޅުމުން އޮންނަ އިޖުރާއަތެވެ.

ގަރާރު ވެސް ބިލެކޭ އެއް ފަދައިން، ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސްގެ މަރުހަލާއެއް އޮވެ އެވެ. އެ ފަހުން ތަޅުމަށް ގަރާރު ބަލައިގެންފިނަމަ، ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވާނެ އެވެ. ދިރާސާއަށްފަހު، ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް ވޯޓަކުން ގޮތެއް ނިންމުމެވެ.

"މިހާރު ހުށަހަޅާފައިވާ މައްސަލަ (ނަޝީދު ރިޔާސަތުން ދުރު ކުރުމުގެ މައްސަލަ) މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްޑީޕީން އެކި ފަހަރު މަތިން ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެ ކަން ކުރެވޭ ގޮތެއް ނުވެ އެވެ.

މަޖިލީހުގެ އިދާރާއިން ވެސް ގަވާއިދު އެކި ގޮތަށް މާނަކޮށްގެން އެ ކަން ހުއްޓުވާފައި އޮތުމަށް ފަހު މިއަދު ގަރާރު އެޖެންޑާކުރީ، ކުރިމަތިވެފައިވާ ދުސްތޫރީ ހިންގުމުގެ ސުވާލުތަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅައި އިއްވި ހުކުމަށް ފަހު އެވެ.

ކޯޓުގެ ހުކުމާއި މައްސަލައިގެ ފަސްފަހަތް

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް އެމްޑީޕީން ދެކެމުން އައީ ނައިބު ރައީސް ނޫން އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެއީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހަވާލާދީ އެވެ. އޭގައި، މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭނަމަ، ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭ ކަމަށް އޮވެ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް އެޖެންޑާގައި އޮތްހާ ހިނދަކު އެއާ މެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުހިންގޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި އިިންތިހާބީ ރައީސް ހުވާ ކުރުމުގެ ޖަލްސާ ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރުތަކަށް ވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން އީވާ ނެތަސް ނަޝީދު ވަކިކުރާ ގަރާރު ގެންދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެމްޑީޕީގެ ދެވަނަ ނުކުތާއާ އެއްކޮޅަށް މައްސަލަ ނުނިމެ އެވެ. އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އިންތިހާބީ ރައީސްގެ ހުވަޔާއި، ދައުލަތުގެ ބަޖެޓަކީ އެފަދަ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox