ޗެޓް ޖީޕީޓީގެ އައު މޮޑެލް "ޖީޕީޓީ-ފޯ ޓާބޯ" އިއުލާންކޮށްފި

ނަމަވެސް ޓާބޯގައި 128،000 ޓޯކެން ނުވަތަ ގާތްގަނޑަކަށް 300 ސަފްހާގެ ކޮންޓެކްސްޓް ޕްރޮސެސްކުރާނެ

ނަމަވެސް ޓާބޯގައި 128،000 ޓޯކެން ނުވަތަ ގާތްގަނޑަކަށް 300 ސަފްހާގެ ކޮންޓެކްސްޓް ޕްރޮސެސްކުރާނެ

އެންމެ މަގުބޫލު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، އޯޕެންއޭއައިގެ ޗެޓްޖީޕީޓީގެ އައު މޮޑެލެއް އިއުލާންކޮށްފި އެވެ.

އޯޕެންއޭއައި އިން ޑިވެލޮޕާ ކޮންފަރެންސްގައި އިއުލާންކޮށްފައިވާ އައު މޮޑެލަށް ދީފައިވާ ނަމަކީ "ޖީޕީޓީ-ފޯ ޓާބޯ" އެވެ. ޓާބޯ ނެރޭނެ ވަކި ތާރީހެއް އަދި ނެތް ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ނެރޭނެ ކަމަށް އޯޕެންއޭއައި އިން ބުނެ އެވެ.

ޓާބޯގައި ހިމެނޭ ބައެއް ކަންކަމަށް ބަލައިލާއިރު، ކޮންޓެކްސް ވިންޑޯ އިތުރުކުރުން ހިމެނެ އެވެ. މި ވަގުތު ބޭނުންކުރާ ޖީޕީޓީ-ފޯ ގައި އިންޕުޓް ކުރެވެނީ 8،000 ޓޯކަން ނުވަތަ ގާތްގަނޑަކަށް 24 ސަފުހާގެ ކޮންޓެކްސްޓެވެ. ނަމަވެސް ޓާބޯގައި 128،000 ޓޯކެން ނުވަތަ ގާތްގަނޑަކަށް 300 ސަފުހާގެ ކޮންޓެކްސްޓް ޕްރޮސެސް ކުރާނެ އެވެ.

އަނެއް ބޮޑު ކުރިއެރުމަކީ ޓާބޯގެ އަދާހަމަކަމެވެ. އަދުގެ ތްރީ ޕޮއިންޓް ފައިވް އަދި ފޯގައި ހިމެނޭ މައުލޫމާތައް ވަނީ ސެޕްޓެމްބަރު 2021 އާއި ހަމައަށެވެ. ނަމަވެސް ޓާބޯ ވަނީ އޭޕްރީލް 2023 އާއި ހަމައަށް އަދާހަމަވެފަ އެވެ.

މީގެ އިތުރުން ޑިވެލޮޕަރުންނަށް ޖީޕީޓީ-ފޯ އަށް ވުރެ ޓާބޯގެ އަގު ހެޔޮވާނެ ކަމަށް އޯޕެންއޭއައި އިން ބުނެ އެވެ. ޖީޕީޓީ-ފޯ ގެ އިންޕުޓްގެ ކޮންމެ 1،000 ޓޯކެން އަކަށް 0.03 ޑޮލަރު ނަގާ އިރު، ޓާބޯގަ ނަގާނީ 0.01 ޑޮލަރެވެ.

ޗެޓްޖީޕީޓީގެ ދެ މޮޑެލެއް މިވަގުތު އާންމުންނަށް ބޭނުންކުރެވެ އެވެ. އެއީ ހިލޭ ބޭނުންކުރެވޭ ޖީޕީޓީ ތްރީ ޕޮއިންޓް ފައިވް އަދި މަހު ފީ ދައްކާ އުސޫލުން ބޭނުންކުރެވޭ ޖީޕީޓީ ފޯ އެވެ. ގަބޫލުކުރެވޭ ގޮތުގައި ޓާބޯ މޮޑެލްވެސް ބޭނުންކުރެވޭނީ ފައިސާ ދައްކައިގެންނެވެ.

ޓާބޯގެ އިތުރުން ވެސް އައި އޭއައި އާލާތްތައް އޯޕެންއޭއައި އިން ވަނީ ޑިވަލަޕާ ކޮންފަރެންސްގައި އިއުލާންކޮށްފަ އެވެ. އޭގެތެރޭގައި ޖީޕީޓީ ތްރީ ޕޮއިންޓް ފައިވް ޓާބޯ އަދި އަމިއްލަ ބޭނުމައް އުނިއިތުރު ގެނެވޭ "ޖީޕީޓީސް" ނަން ދީފައިވާ ފީޗާއެއް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox