މިފްކޯގެ އާ ބޯޓު "ޖަޒީރާ 106" ރާއްޖެއަށް ދަތުރު ފަށައިފި

މިފްކޯ ފްލީޓަސް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު "ޖަޒީރާ 106" -- ފޮޓޯ: މިފްކޯ

މިފްކޯ ފްލީޓަސް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު "ޖަޒީރާ 106" -- ފޮޓޯ: މިފްކޯ

މިފްކޯގެ ފްލީޓަށް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ކަމަށްވާ "ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށް ދަތުރު ފަށައިފި އެވެ.

އެ ބޯޓު ތައިލެންޑުން ފުރީ މިމަހު ހަތަރު ވަނަ ދުވަހު އެވެ. އަދި ރާއްޖެ އާދެވެނީ މިމަހު 19 ގަ އެވެ.

މިފްކޯއިން ބުނީ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކަށް 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތައް ކަމަށެވެ. މި ތިން ބޯޓު އެ ކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން ދުވާލަކަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯ ފްލީޓަސް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު "ޖަޒީރާ 106" -- ފޮޓޯ: މިފްކޯ
މިފްކޯ ފްލީޓަސް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު "ޖަޒީރާ 106" -- ފޮޓޯ: މިފްކޯ

މިފްކޯ ފްލީޓަސް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން އެއް ބޯޓު "ޖަޒީރާ 106" -- ފޮޓޯ: މިފްކޯ

މަސްވެރިކަމުގެ މޫސުމުގައި މަސް ކިރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މިފްކޯއިން ވަނީ މިއަހަރު ހަތަރު ބޯޓު ގަނެފަ އެވެ. އޭގެ ތެރެއިން "ޖަޒީރާ 103" މާޗް މަހު ރާއްޖެ ގެނެސް, މިހާރު ދަނީ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ދުވާލަކަށް 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނި ކުރުމާ އެކު ޖުމްލަ 420 ޓަނުގެ މަސް ރައްކާ ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

ފްލީޓަށް އިތުރުކުރުމަށް މިއަހަރު ގަތް "ޖަޒީރާ 105" އަދި "ޖަޒީރާ 104" މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް މިފްކޯއިން ބުނެ އެވެ. އެ ބޯޓުތައް ރާއްޖެއައިސް އޮޕަރޭޝަނާ ގުޅުމން ދެކުނާއި މެދުރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅު ދުވަސްތަކުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ މި ފަސް އަހަރު ތެރޭގައި ކެރިއާ ބޯޓާއެކު އެ ކުންފުނީގެ ފްލީޓަށް ހަ ބޯޓު އިތުރު ކުރެވިފައިވާ ކަމަށެވެ.

މިފްކޯ އިން އިތުރަށް ބުނީ ކޫއްޑޫގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމާއި, ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ޝިފްޓަކަށް 120 ޓަނުގެ ފްރީޒް ކުރެވޭ އަދި 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމު ކުރާ ސެންޓަރެވެެ.

މިފްކޯއިން ބުނީ މިހާރު އެ ދެ ސައިޓަށް ވެސް ބޭނުންވާ ބިލްޑިން ސްޓްރަކްޗާގެ އިތުރުން މައިގަނޑު ހުރިހާ މެޝިނަރީއެއް ސައިޓަށް ގެންގޮސް އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox