ޑިމޮކްރެޓްސްއިން ބުނަނީ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން އަދި ވަކީލު ޝާއިރު ސުޕްރީމް ކޯޓުގައި --- ފޮޓޯ: ސުޕްރީމް ކޯޓު ވީޑިއޯ ސްޓްރީމްގެ ސްކްރީންޝޮޓެއް

ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން އަދި ވަކީލު ޝާއިރު ސުޕްރީމް ކޯޓުގައި --- ފޮޓޯ: ސުޕްރީމް ކޯޓު ވީޑިއޯ ސްޓްރީމްގެ ސްކްރީންޝޮޓެއް

ރައްޔިތުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް، ޑިމޮކްރެޓްސްއިން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް ވެއްދީ، ނަޝީދު ކުރިން ލީޑު ކުރެއްވި އެމްޑީޕީންނެވެ.

ނަޝީދު މިހާރު ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ އެ މައްސަލައަށް ތަދައްހުލް ވެފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަކީ އެ ކޯޓުގެ އަސްލީ އިހުތިސޯސް ލިބިގެން ނުވާ މައްސަލައެއް ކަމަށެވެ.

ޝާއިރު ހަވާލާ ދެއްވި ގާނޫނީ އަސާސަކީ، ގާނުނު އާސާސީގެ 88 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 95 ވަނަ މާއްދާ އެވެ.

ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައި ކަން އޮތް ގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީ ގޮތުން ކަމެއް އޮތް ގޮތާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އޮންނަ އިޖުރާއަތެވެ. އެ ކަން ކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނެވެ.

ޑިމޮކްރެޓްސްއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ތާއީދުކޮށް ވަކާލާތު ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ.

ޑިމޮކްރެޓްސްއިންގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ވަކި ބާރަކަށް ވެފައި، އެ ބާރުގެ ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ފަރާތުގެ އިތުބާރު ނެތް މައްސަލައަކީ ހާއްސަ އިޖުރާއަތެއް ހިމެނޭ މައްސަލައެކެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި އެ ކަމަށް އޮތީ ހާއްސަ އިޖުރާއަތެކެވެ. އެ މާއްދާގައި ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސް ކަމަށް ބަޔާންކުރީ މަޖިލީހުގެ ރައީސްއަށް ލިބިދޭ ހުރިހާ ބާރެއް އޮތް ބަޔަކު އެ ކަން ކުރުމަށް ކަމަށެވެ.

ގަވާއިދުގެ 44 ވަނަ މާއްދާގައި އެ ބުުނަނީ އާންމު އިޖުރާއަތެވެ. އެ މާއްދާގައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭނަމަ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭ ކަމަށް އޮވެ އެވެ.

ހަސަން ލަތީފު ވިދާޅުވީ އެ އިޖުރާއަތްތައް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގައި ނުހިނގާނެ އެވެ. ގަވާއިދުގެ 205 ވަނަ މާއްދާގައި ވަނީ ހާއްސަ އިޖުރާއަތްތައް ކަމަށެވެ.

ޑިމޮކްރެޓްސްއިން އެ ގޮތަށް ވަކާލާތު ކުރުމުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ އެހެން ހަސްމުންނަށް އެ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި އެމްޑީޕީ، އެޓާނީ ޖެނެރަލް، އަދި ޕީޕީއެމް/ޕީއެންސީން ވެސް ފާހަގަ ކުރި ކަމަކީ ހުށަހެޅިފައިވަނީ މަޖިލީހުގެ އިދާރާގެ ނިންމުމެއްގެ މައްސަލައެކެވެ. އެއީ ސީދާ މަޖިލީހުގެ ތަޅުމުން ނިންމާފައިވާ ކަމަކަށް ނުވާތީ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނަނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ޕާޓީން ވެސް ހަވާލާދެނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

މި މައްސަލައަށް ތަދައްހުލުވެފައިވާ ޑިމޮކްރެޓްސްއަކީ، މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ނިސްބަތްވާ ޕާޓީ އެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.

އަދި އިިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ވެސް މައްސަލައަށް ތަދައްހުލްވެފައިވެ އެވެ. ޕީޕީއެމް/ޕީއެންސީގެ ނުވަ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox