މާޒިޔާ ކޮޅަށް އަނެއްކާވެސް ހަ ގޯލު ޖެހޭނެކަމަށް ގަބޫލުނުކުރަން: އޮޑިސާ ކޯޗު

Nov 6, 2023, 9:19 AM
މާޒިޔާ ކޮޅަށް އަނެއްކާވެސް ހަ ގޯލު ޖެހޭނެކަމަށް ގަބޫލުނުކުރަން: އޮޑިސާ ކޯޗު

އިންޑިއާގައި ކުޅުނު މެޗުން މާޒިޔާ ކޮޅަށް ހަ ގޯލު ޖެހުނު ނަމަވެސް މާދަމާ މާލޭގައި ކުޅޭ މެޗުގައި ގިނަ ގޯލު ޖެހޭނެކަމަށް އުއްމީދު ނުކުރާކަމަށް އޮޑިސާ ފުޓްބޯޅަ ކުލަބުގެ ކޯޗު ސާޖިއޯ ލޯބޭރާ ބުނެފި އެވެ.

އޭއެފްސީ ކަޕް 2023 ގެ ގްރޫޕް ޑީގައި މި ދެ ޓީމު މި ގްރޫޕްގައި ކުރިން ކުޅުނު މެޗު 6-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އޮޑިޝާ އެވެ.

މި މެެޗަށް ނުކުންނައިރު މާޒިޔާ އޮތީ ގްރޫޕްގެ ފުލުގަ އެވެ. ނޮކްއައުޓް ބުރުން މާޒިޔާއަށް ފުރުސަތު ލިބެން އޮތީ ބާކީ ހުރި މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އޮޑިޝާގެ ކޯޗު ސާޖިއޯ ލޮބޭރާ ގަބޫލުކުރާ ގޮތުގައި ހުރިހާ ޓީމަކަށްވެސް ނޮކްއައުޓް ބުރުގެ ފުރުސަތު އޮތުމަކީ ކުރިއަށް ހުރި މެޗުތަކުގެ ފޯރިގަދަވާނެ ސަބަބެކެވެ. އަނެއްކޮޅުން މާޒިޔާ މިދިޔަ މެޗުގައި ބޮޑު ތަފާތަކުން ބަލިވެފައި އޮތުމަކީ އެޓީމުން އިތުރު ހިތްވަރެއް ލައިގްނެ ކުޅޭނެކަމަށް މި މެޗަށް ނުކުންނާނެ ސަބަބެއްކަމަށް އޭނާ ދެކެ އެވެ.

"ރާއްޖޭގައި ހަ ގޯލު ޖެހޭނެކަމަށް ގަބޫލެއް ނުކުރަން. އެ ނަތީޖާއަކީ މި ދެ ޓީމުގެ ފަރަގުކަމަށް ނުދެކެން. މާޒިޔާގެ ފެންވަރެއް ނޫން އެއީ. އެމީހުންގެ ފެންވަރު ފެންނާނެ އަނެއް ދެ މެޗަށް ބެލީމަ. އަހަރެން ގަބޫލުކުރާ ގޮތުގައި މާޒިޔާއަކީ ވަރުގަދަ ޓީމެއް. އަހަރުމެންގެ އަމާޒަކީ މެޗުން މޮޅުވުން. ތިން ޕޮއިންޓް. ގިނަ ގޯލު ޖެހުމެއް ނޫން،"

ލޮބޭރާ ބުނީ މާޒިޔާގެ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެކަން ފުރަތަމަ ދެ މެޗުގައި ފެނުނުކަމަށެވެ. ވަރުގަދަ މޯހަން ބަގާން އަށް މާޒިޔާ އަތުން މޮޅުވެވުނީ ފަހު ވަގުތު ކަމަށާއި، ބަޝުންދުރަ މެޗުގައިވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް މާޒިޔާއިން އުފެއްދި ކަމަށެވެ. އެހެންކަމުން މާދަމާގެ މެޗުގައި ވަރުގަދަ މާޒިޔާއެއް ފެންނާނެކަމާމެދު ޝައްކު ނުކުރާކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ބޮޑެތި ޓީމުތަކަށް އިރުޝާދުދީފައިވާ ކޯޗު ބުނީ މާލޭގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިން އޮޑިޝާ ޓިމްގައި ތިބުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އެޓީމްގެ ގޯލްކީޕަރު އަމްރިންދަރު ސިންގް އާއި ރޮއީ ކްރިޝްނާ ވަނީ މީގެ ކުރިން ރާއްޖޭގެ ކުލަބުތަކާ ދެކޮޅަށް މާލޭގައި ކުޅެފަ އެވެ.

"ޓީމުގައި މި ދަނޑުގައި ކުޅެފައިތިބި ދެ ކުޅުންތެރިއަކު އެބަތިބި. އެއީ އަހަރުމެންނަށް އޮތް ހިތްހަމަޖެހުމެއް. އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން އަހަރުމެންނަށް ހިފޭނެ. އެ ކު ކުޅުންތެރިންނަށް އިނގޭނެ މާޒިޔާގެ ފެންވަރު، މިދަނޑުގައި ދިވެހި ކުޅުންތެރިން ކުޅޭނެ ފެންވަރު،" އިންޑިއާގެ މުމްބާއީ ސިޓީއަށް ކޯޗުކަންކޮށްދިން ލޮބޭރާ ބުންޏެވެ.

އޮޑިޝާގެ ކޯޗު ބުނީ އެޓީމަށް މި ސީޒަންގައި ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމެވެ. މިގޮތުން ކުޅުންތެރިންގެ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ނުލިބި ގިނަ މެޗުތަކެއް ކުޅުމަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭ ކަމެއްކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރުމެންނަށް މިއީ އުނދަގޫ ދުވަސްތަކެއް. 15 ދުވަހުން ފަސް މެޗުވެސް އަހަރުމެން ކުޅެފިން. އެއީ ރިކަވަރީއާ ކަންކަމަށް ބަލާއިރު އަހަރުމެން ވިސްނަން ޖެހޭ ކަމެއް. ޓީމުގެ ބެލެންސް ވަރަށް މުހިންމު. ހުރިހާ އެންމެން ބޭނުން ކުރެވޭ ހާލަތުގައި ތިބުންވެސް މުހިންމު. އެކަމަކު މި ޗެލެންޖުތަކާ އެކުވެސް އަހަރުމެން މި ތިބީ ތައްޔާރަށް،" ކޯޗު ބުންޏެވެ.

ކޯޗު ލޮބޭރާ ބުނީ މާޒިޔާ އަތުން ކުރިން ލިބުނު ބޮޑު މޮޅުގެ ސަބަބުން އޭނާގެ ޓީމް އޯވާކޮންފިޑެންސް ވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox