މަޖިލިސް މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލްވާ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ ލީޑަޝިޕުގެ ބައެއް ފަރާތްތައް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ ލީޑަޝިޕުގެ ބައެއް ފަރާތްތައް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ޕާޓީގެ ފަރާތުން ތަދައްހުލް ވުމަށް ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި އެވެ.

ޑިމޮކްރެޓްސް އިން އެ މައްސަލާގައި ތަދައްހުލްވާން ހުށަހެޅީ އަދު ހަވީރު އެ ޕާޓީން ކުއްލި ގޮތަކަށް ބޭއްވި އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގަ ފާސްކުރި ގަރާރަކުންވެ.

އެމްޑީޕީއިން ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ޑިމޮކްރެޓުންގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވަކި ވަކިން ތަދައްހުލުވުމަށް އެދިފަ އެވެ. ނަމަވެސް، އެ މެންބަރުންނަށް މައްސަލަ ތެރެއަށް ތަދައްހުލް ނުވެވޭނެ ކަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

Advertisement

ސުޕްރީމް ކޯޓުން މިހާރު ވަނީ މި މައްސަލާގައި ފުރަތަމަ އަޑުއެހުން މާދަމާ ހެދުނު 10:00 އަށް ތާވަލުކޮށްފަ އެވެ. މިހާތަނަށް އެމްޑީޕީ އަދި މަޖިލިސް އިދާރާގެ އިތުރުން ޕީޕީއެމް/ޕީއެންސީން މައްސަލައަށް ތަދައްހުލު ވުމަށް އެދި ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.

އެމްޑީޕީއިން ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެ ޕާޓީގެ ރައީސްކަންވެސް ކުރިން ކުރެއްވި ނަޝީދު، މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެ ޕާޓީން ހުށަހެޅި ދެވަނަ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އެވެ.

މައްސަލަ ތާވަލުކުރި ހަތަރު ދުވަހުވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީ ސަލާމްބުނުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނެވެ. އެއަށްފަހު އީވާ ވަނީ ކޯޓުން މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހަށް އަންގަވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. މިދިޔަ ހަފުތާގައި ބާއްވަން މަސައްކަތްކުރި މަޖިލީހުގެ ޖަލްސާތައް ކެންސަލްކޮށްފައިވަނީ އެ ކަމަށް އެކަނި ރިއާޔަތްކުރުމަށްފަހު އެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށް އޮވެ އެވެ.

އެމްޑީޕީން ދެކެނީ އެ މާއްދާގައި އެ ގޮތަށް ބަޔާން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ވެސް އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. އެމްޑީޕީން އެދިފައިވަނީ ވެސް މަޖިލީހުގެ ނިންމުންތަކަކީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިފާލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ހުށަހެޅިދާނެ ކަމާ މެދު އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނިންމުމާ ދެކޮޅަށް ލަފާ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox