ފުށިދިއްގަރު ފަޅު ކުއްޔަށް ދޫކުރި ކުންފުންޏަށް ބަދަލުގެ ގޮތުގައި 293 މިލިއަން ރުފިޔާ!

ކ. ފުށިދިއްގަރު ފަޅު: މިތަން ހިއްކަނީ ގޯތި ދިނުމަށާއި ފްލެޓު އިމާރާތްކުރުމަށް -- ފޮޓޯ/ގޫގުލް އާތު

ކ. ފުށިދިއްގަރު ފަޅު: މިތަން ހިއްކަނީ ގޯތި ދިނުމަށާއި ފްލެޓު އިމާރާތްކުރުމަށް -- ފޮޓޯ/ގޫގުލް އާތު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅާ ގުޅޭ މައްސަލައެއްގައި ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 19 މިލިއަން ޑޮލަރު (293 މިލިއަން ރުފިޔާ) ދައްކަން ޖެހިއްޖެ ކަން އެނގިއްޖެ އެވެ.

މާލެ އަތޮޅު ގުޅީގެ އުތުރުން އޮންނަ ފުށިދިއްގަރު ފަަޅަކީ 1،475 ހެކްޓަރުގެ ބިޔަ ފަޅެކެވެ. މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެކަމަށްޓަކައި 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މި މަޝްރޫއު އިއުލާންކުރި ހިސާބުން މި ފަޅުގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފެއްދި އެވެ.

Advertisement

ކުރީގެ ހަބަރުތަކުން އެނގޭ ގޮތުގައި މި ފަޅު ކުއްޔަށް ދިނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ. ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ ޔޫކްރެއިންގެ ބަޔަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.

މި ފަޅުގެ މައްސަލަ އެންމެ ފުރަތަމަ ހިލުވާލީ 2013ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެ ފަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި އުމަރު ނަސީރެވެ.

އުމަރު އޭރު ތުހުމަތުކުރެއްވި ގޮތުގައި، އޭނާއާ ވާދަކުރައްވާ ޕީޕީއެމްގެ ޓިކެޓު ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު ޖިހާދު ވަނީ އެ ފަޅު 50 އަހަރަށް ވިއްކާލައިފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އުސޫލުން ބޭރުން ފަޅު ވިއްކާލީ ޔާމީންގެ ކެމްޕެއިނަށް ފައިސާ ހޯދާށެވެ.

އުމަރުގެ މި ތުހުމަތުތައް، އެ މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކާ އެކީ، އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހެޅި އެވެ. ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ޕްރައިމް ކެޕިޓަލުން ދިވެހި ސަރުކާރުން އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕްރައިމް ކެޕިޓަލުން އެދުނީ ސަރުކާރާ އެކީ އެއްބަސްވެފައިވާ ގޮތަށް ދައުލަތުގެ 25 ޕަސެންޓު ހިއްސާ އަދި ބާކީ އެ ކުންފުނިން ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދަން ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެ ކުންފުނިން އެދުނު ގޮތަށެވެ.

ފުށިދިއްގަރު ފަޅުގެ ޓައިމްލައިން

  • 28 އޮގަސްޓު 2013 - ޕްރައިމް ކެޕިޓަލްއަށް ފަޅު ވިއްކާލާފައިވާ ވާހަކަ އާންމުވުން
  • 29 އޮގަސްޓު 2013 - ފުށިދިއްގަރު މައްސަލަ އޭސީސީއަށް މައްސަލަ ހުށަހެޅުން
  • 24 އޮކްޓޫބަރު 2013 - ކުންފުނި ރަޖިސްޓްރީކޮށްދޭން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން
  • 28 ޖުލައި 2014 - ސަރުކާރު ހިއްސާވާ ޖޭވީ އުފައްދަން ސިވިލް ކޯޓުން އަމުރުކުރުން
  • 18 ފެބްރުއަރީ 2015 - މި މައްސަލަ އޭސީސީއަށް ދެވަނަ ފަހަރަށް ހުށަހެޅުން
  • 7 ޑިސެމްބަރު 2015 - ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑެލްއަށް ތަރައްގީކުރަން އިއުލާންކުރުން
  • 9 މާޗު 2016 - ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ނިންމުން
  • 1 އޮގަސްޓު 2018 - ގޯތި ދޭން ހިއްކަން ނިންމިކަން އިއުލާންކުރުން
  • 23 ޑިސެމްބަރު 2019 - ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަ ހުށެހެޅިކަމަށް އޭޖީ ރިފްއަތު ވިދާޅުވުން

ކޯޓު އަމުރާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީން ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައި ދިން ނަމަވެސް ފަޅު ހަވާލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭރު ވެރިކަމުގައި އޮތް ރައީސް ޔާމީންގެ ސަރުކާރުން ނިންމީ މި ފަޅު ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑެލްއަށް ތަރައްގީކުރަން ބީލަން ހުޅުވައިލާށެވެ.

އޭރު ވެސް އޭސީސީން އައީ މި މައްސަލަ ބަލަމުންނެވެ. އެގޮތުން މި މި މައްސަލައިގައި ހިމެނޭ އަދީބާއި ޖިހާދާ ސުވާލުކުރުމަށް ފަހު، އޭސީސީން ނިންމީ ފަޅު ދިނުމުގައި އެއްވެސް ކޮރަޕްޝަންގެ މުއާމަލާތެއް ނެތް ކަމަށެވެ. ނަމަވެސް އެކުއިޒިޝަން ކޮސްޓު ނުދައްކައި އޮތުމުން އޭސީސީން އަމުރުކުރީ ރަށް ހަވާލުކުރުމުގެ ކުރިން އެ ފައިސާ ނެގުމަށެވެ.

ފުށިދިއްގަރު ފަޅަށް އިންވެސްޓަރަކު ނުލިބުމުން އޭރުގެ ސަރުކާރުން ވަނީ އެ ވިސްނުން ދޫކޮށްލައި، ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ ބޭނުމަށް އެ ފަޅު ހިއްކާ ވާހަކަ އިއުލާންކޮށްފަ އެވެ. އެއީ އޭރު ހިންގަން އުޅުނު "ހިޔާ އެކޮމްޕްލިޝްޑް"ގެ ކޮމްޕޯނަންޓެއްގެ ގޮތުގަ އެވެ.

ޕްރައިމް ކެޕިޓަލްއިން މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ މި ސަރުކާރު އައި ފަހުން 2019ގަ އެވެ.

އެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޖިހާދު އަމަލުކޮށްފައިވާ ވާކަމަަށް ތުހުމަތުކުރައްވައިފަ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކުރި އެވެ.

'އަދަދު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފުށިދިއްގަރު މައްސަލައިގައި ސިންގަޕޫރު އާބިޓްރޭޝަނުން ޕްރައިމް ކެޕިޓަލް ކޮޅަށް މައްސަލަ ނިންމުމުން ސަރުކާރުން އަންނަނީ އެ ފައިސާ ދައްކަމުންނެވެ. އެ ކުންފުނިން އާބިޓްރޭޝަނުގައި ފުރަތަމަ އެދުނީ 106 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށެވެ. އެކަމަކު އާބިޓްރޭޝަނުން އެވޯޑު ކުރީ ބަދަލުގެ ގޮތުގައި 18.4 މިލިއަން ޑޮލަރެވެ.

މި އަހަރު ބަދަލު ދޭން ބަޖެޓު ކުރި ވަރަށް ވުރެ ހަތަރު ގުނައާ ގާތަށް ފައިސާ ދޭން ޖެހުނީ މި މައްސަލައާ ގުޅިގެން ކަން ވެސް ވަނީ އެނގިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ބަދަލު ދޭން 397 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ބަދަލު ދޭން ހަރަދުވާނީ 100 މިލިއަން ރުފިޔާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox