ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ލީގުގައި ފުރަތަމަ ފަހަރަށް އާސެނަލް ބަލިވެއްޖެ

Nov 5, 2023, 8:16 AM
ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ލީގުގައި ފުރަތަމަ ފަހަރަށް އާސެނަލް ބަލިވެއްޖެ

މެންޗެސްޓާ (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، ލީގުގައި ފުރަތަމަ ފަހަރަށް އާސެނަލް ބަލިވެއްޖެ އެވެ.

އެންމެ ފަހުގެ އިނގިރޭސި ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވީ ބޯންމައުތު އަތުން 6-1ގެ ބޮޑު ތަފާތަކުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު ކާމިޔާބުކުރި ގޯލާއިއެކު ފުލަމް އަތުން މޮޅުވިއިރު، އާސެނަލް ބަލިވީ ނިއުކާސަލް އަތުންވެސް 1-0 އިންނެވެ.

މި ނަތީޖާތަކާއިއެކު ޕްރިމިއާ ލީގުގެ އެއްވަނައަށް ސިޓީ ވަނީ ޖެހިލާފަ އެވެ. 11 މެޗުން ސިޓީއަށް 27 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓޮޓެންހަމަށް އެއް މެޗު މަދުން ކުޅެ ލިބިފައިވަނީ 26 ޕޮއިންޓެވެ. ޓޮޓެންހަމް މިރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ލީގުގެ ތިންވަނައިގައި 24 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 18 ޕޮއިންޓާއިއެކު އަށްވަނައިގަ އެވެ.

Advertisement

ބޯންމައުތު އަތުން ސިޓީ މޮޅުވި މެޗުގެ ތަރިއަކަށްވީ ހަލުވި ވިންގާ ޖެރެމީ ޑޮކޫ އެވެ. 55.4 މިލިއަން ޕައުންޑަށް އެކުލަބަށް ގެނައި ޑޮކޫ ވަނީ ރޭގެ މެޗުގައި ގޯލެއް ޖަހައި، އިތުރު ހަތަރު ގޯލު ޖެހުމަށް އެސިސްޓު ކޮށްފަ އެވެ.

ސިޓީގެ ގޯލުތައް ޖަހައިދިނީ ޑޮކޫގެ އިތުރުން ބެނާޑޯ ސިލްވާ، މެނުއަލް އަކަންޖީ، ފިލް ފޮޑެން އަދި ނަދަން އަކޭ އެވެ. ބެނާޑޯ ސިލްވާ މެޗުގައި ދެ ގޯލު ޖެހި އެވެ. ބޯންމައުތުގެ ހަމައެކަނި ގޯލު ޖަހައިދިނީ ލުއިސް ސިނިސްޓާރާ އެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފުލަމް އަތުން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މި ގޯލު ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. މި މޮޅަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އެރިކް ޓެންހާގަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ސަބަބަކީ އެކުލަބު ނަތީޖާތައް ގޯސްވެ އޭނާގެ މަގާމު ގެއްލިދާނެކަމުގެ އަޑުތައް ފެތުރިފައި އޮތުމެވެ.

ނިއުކާސަލްގެ އެންތަނީ ގޯޑަން ލަނޑު ޖެހުމަށް ފަު އުފާ ފާޅުކުރަނީ

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗަކީ ނިއުކާސަލް ޔުނައިޓެޑާއި އާސެނަލް ވާދަކުރި މެޗެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 1-0 އިން ނިއުކާސަލްއިން ކާމިޔާބުކުރުމާއިއެކު މި ސީޒަންގައި ލީގުގައި ބަލިނުވެ އާސެނަލުން ދަމަހައްޓަމުން އައި ރެކޯޑު ވަނީ ނިމުމަކަށް އައިސްފަ އެވެ.

އަނިޔާގެ ސަބަބުން އާސެނަލުގެ ކެޕްޓަން މާޓިން އޮޑެގާޑް، އަދި ފޯވާޑް ގެބްރިއެލް ޖެސޫސް ނުލައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލް ނިއުކާސަލް އަށް ޖަހައިދިނީ އެންތަނީ ގޯޑަން އެވެ.

ގޯޑަން ޖެހި ގޯލަކީ ރަނގަޅު ގޯލެއް ކަމަށް ރެފްރީ ނިންމީ ފަސް މިނެޓެއްހާއިރު ވީއޭއާރު ބެލުމަށް ފަހުގަ އެވެ. އެގޮތުން, ގޯޑަން ޖެހި ގޯލަށް ބޯޑަ ހުރަސްވުމުގެ ކުރިން އެ ބޯޅަ ބޭރުވިތޯ ބެލުމަށާއި، އޭރިއާ ތެރެއިން އާސެނަލްގެ ގެބްރިއެލް މެގަލޭސް އަށް ނިއުކާސަލްގެ ކަލަމް ވިލްސަން ފައުލް ކުރިތޯ ބެލުމަށާއި، ގޯޑަން އޮފްސައިޑްތޯ ވީއޭއާރުން ބެލި އެވެ.

ބޯޅަ ބޭރު ނޫންކަމަށް ވީއޭއާރުން ނިންމީ އެކަން ރަނގަޅަށް ފެންނާނެ އޭންގަލެއް ރީޕްލޭއިން ފެންނަން ނެތުމުންނެވެ. އަނެއްކޮޅުން ގޯޑަން އޮފްސައިޑް ކަމަށް ނުނިންމީވެސް ވިލްސަން ގައިގައި ބޯޅަ ޖެހުނު ކަމަށް ޔަގީންކުރެވޭ އޭންގަލެއް ނެތުމުންނެވެ. އެންމެ ފަހުން ވީއޭއާރުން ނިންމީ ގޯޑަން ޖެހި ގޯލު ރަނގަޅުކަމަށެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ނިއުކާސަލް އިން ޖެހި ގޯލަކީ ރަނގަޅު ގޯލެއްކަމަށް ރެފްރީ ނިންމުމަކީ ޕްރިމިއާ ލީގަށް ހުރި ބޮޑު ލަދެއްކަމަށެވެ. އޭނާ ބުނީ އެއީ ދޭން ޖެހޭ ގޯލެއްކަމަށް ބެލެވޭ އެއްވެސް ސަަބަބެއް ނެތްކަމަށެވެ.

"އަހަރެން ލަދުވެސް ގަނޭ މިވަގުތު މިތާ ހުންނަން، ދުނިޔޭގެ އެންމެ މޮޅު ލީގޭ ކިޔާފަ އަހަރުމެން އިޝްތިހާރު ކުރާއިރު، މިކަހަލަ ގޯލެއް ދިނުމަކީ މި ލީގަށްވެސް ހުރި ބޮޑު ބޮޑު ލަދެއް." އާޓެޓާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox