ޓެޕްކޮން ހާޑްވެއާ 40 މިލިއަން ރުފިޔާ އަށް ވިއްކާލަނީ

ޓެޕްކޮން ހާޑްވެއާ 40 މިލިއަން ރުފިޔާ އަށް ވިއްކާލަނީ

މަޝްހޫރު ކޮންސްޓަކްޝަން ކުންފުންޏެއް ކަމަށްވާ ޓެޕްކޮން ކޮންސްޓްރަކްޝަން އިން ހިންގި "ޓެޕްކޮން ހާޑްވެއާ" ފިހާރަ 40 މިލިއަން ރުފިޔާ އަށް ވިއްކާލަން ނިންމައިފި އެވެ.

ޖަނަވަރީ މަގުގައި ހިންގާ ޓެޕްކޮން ހާޑްވެއާ އަކީ، 1995 ވަނަ އަހަރު ރަޖިސްޓްރީކުރި ޓެޕްކޮން ކޮންސްޓްރަކްޝަން އިން މިހާރު ހިންގާ ހަމައެކަނި ހާޑްވެއާ ފިހާރަ އެވެ. މީގެ ކުރިން، މާލޭގެ ބައެއް އެހެން ހިސާބު ތަކުގައި ވެސް ޓެޕްކޮންގެ ހާޑްވެއާ ފިހާރަތައް ހިންގި އެވެ.

ޓެޕްކޮން ހާޑްވެއާ ވިއްކާލުމާ ގުޅެގޮތުން، އެ ކުންފުނީގެ ވެރިފަރާތުން ނޫހަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރާކަށް ބޭނުމެެއް ނުވި އެވެ. ޓެޕްކޮންގެ ވެރިޔާ އަލި މަނިކު (ޓެޕް އައްޔަ) އަށް ގުޅައި މެސެޖް ކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އެ ކުންފުނީގެ އެހެން އިސްބޭފުޅަކު ވިދާޅުވީ މައުލޫމާތު ދެއްވޭނީ ހަމައެކަނި އަލީ އަށް ކަމަށެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ޓެޕްކޮން ހާޑްވެއާ، 40 މިލިއަން ރުފިޔާ އަށް ވިއްކާލުމަށް، އައި- ބޭ ގައި ވެސް ޖަހައިފަ އެވެ.

'އަދަދު' އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވައިވާ ގޮތުގައި ޓެޕްކޮން ހާޑްވެއާގެ ބައެއް މުވައްޒަފުން ވަޒިފާ އިން ވަކި ކުރަން ވަނީ ނޯޓިސް ދީފަ އެވެ. އަދި ޓެޕްކޮން މިހާރު ހިންގަމުން ގެންދަނީ އަލީގެ ބައެއް ދަރިންނެވެ. ވަރަށް ގިނަ ބާވަތްތަކެއްގެ ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކާ ޓެޕްކޮން ހާޑްވެއާ އަށް މިހާރު ވެސް ދުވާލަކު ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ވެ އެވެ.

އަމިއްލަ މަސައްކަތުން ކާމިޔުާބު ވިޔަފާރި ވެރިއަކަށް ވި، ޓެޕެކޮން އައްޔަ އަކީ އިމާރާތް ކުރުމުގެ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox