ކަނޑުހުޅުދޫ އަށް ހިތާމަވެރި ދުވަހެއް، މަސް ހިފަން އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވީ އެންމެންގެ އަލިބެ!

ނިޔާވި އަލީ ލުތުފީ

ނިޔާވި އަލީ ލުތުފީ

ގއ. ކަނޑުހުޅުދޫ ފަސް އެކުވެރިން ރޭ ނުކުތީ މަސް ހިފުމަށެވެ. ޑިންގީ ގޮސް މަޑުކޮށްލީ އެއްފަޅެއްގައި، 10 މޭލު ދުރުގައި އޮތް މަސްވެރި ގެމަނަފުށީ ބަނދަރުގެ ނެރުމަތީގަ އެވެ. ދަގަނޑު ޖަހައިގެން މަސް ހިފުމަށްޓަކައި ދެ މީހަކު މޫދަށް ބޭލުމަށް ފަހު، އެހެން މީހުން ދިޔައީ ގެމަނަފުއްޓަށް އަރައި ކޮއްތު ގަތުމަށެވެ.

އެ މީހުން އެނބުރި އައުމުގެ ކުރިން، ބަނދަރުތެރެއަށް ވަދެގެން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި، މަސް ހިފަން ފައިބައި އުޅުނު އެކަކު "ބުރިބުރި" ވި އެވެ. ރޭ 10:30 ހާއިރު ހިނގި އެ ހާދިސާގައި ނިޔާވީ ކަނޑުހުޅުދޫ ބްލޫ ޑައިމަންޑު، އަލީ ލުތުފީ (އަލިބެ)، 45 އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ގެމަނަފުށީ މީހަކު ބުނީ އަލީ ގައިގައި ޖެހުނީ ޖެހުނީ ޕާކް ހަޔަޓުގެ ލޯންޗެއް ކަމަށެވެ.

"އެ ވަގުތު ދިޔައީ ވާރޭ ވެސް ވެހެމުން. ލޯންޗު ވަދެގެން އައިސް އެއްޗެއްގައި ޖެހުނުހެން ހީވެގެން އަނބުރާލާފައި ގޮސް ބެލިއިރު މަސް ހިފަން ފައިބައި އުޅުނު މީހެއްގެ ގައިގައި ބުރަފަތިން ޖެހި އޮތީ ޒަހަމްވެފައި. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި،" އެ މީހާ ކިޔައިދިނެވެ.

"ބަނޑަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރި."

ފަސް ދަރިންނާއި އަންބަކު ހުރި އަލީގެ ކުއްލި މަރާއެކު ކަނޑުހުޅުދޫ އަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ފެތުރިފަ އެވެ.

ޖަމީލް އުސްމާނާއި އަލީ ލަތީފު ކަނޑުހުޅުދޫގެ ޒުވާނުންނާއެކު ނަގާފައިވާ ފޮޓޯއެއް
ޖަމީލް އުސްމާނާއި އަލީ ލަތީފު ކަނޑުހުޅުދޫގެ ޒުވާނުންނާއެކު ނަގާފައިވާ ފޮޓޯއެއް

ޖަމީލް އުސްމާނާއި އަލީ ލުތުފީ ކަނޑުހުޅުދޫގެ ޒުވާނުންނާއެކު ނަގާފައިވާ ފޮޓޯއެއް

"އެންމެންގެ އެކުވެރި އަލީގެ ކުއްލި ވަކިވުމަކީ މުޅި ރަށަށް ލިބުނު ބޮޑު ހިތާމައެއް! މާތް ﷲ ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން،" އަލީއާ ގާތް ގުޅުމެއް އޮންނަ އެ ރަށަށް އުފަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަޒްމޫން ވިދާޅުވީ "ބޮޑު އައްޔަ ނިޔާވުމަކީ ރަށަށް ލިބުނު ހިތާމައެއް، ދެރައެއް" ކަމަށެވެ.

"ބޮޑުއައްޔައަކީ ރަށުގެ އެންމެންނާ ގުޅޭ، ރަށުގެ ހުރިހާ މަސައްކަތެއްގައި ބައިވެރިވާ މީހެއް. މަސައްކަތްތެރި، ހެޔޮ ލަފާ މީހެއް،" އަޒްމޫން ވިދާޅުވި އެވެ.

އަލީގެ ހަށިގަނޑު ރޭ ފަތިހު ވަނީ ކަނޑުހުޅުދޫއަށް ގެންގޮސްފަ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox