ސުނިލް ޗެތުރީގެ "ފޫހި" ދިރިއުޅުމުގެ ހަޔާތުން ދުވަހެއް

ސުނިލް ޗެތުރީ 2021 ވަަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި މެޗަކަށް އަރަން ތައްޔާރުވަނީ.

ސުނިލް ޗެތުރީ 2021 ވަަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި މެޗަކަށް އަރަން ތައްޔާރުވަނީ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހެއްޔެވެ؟ އެންމެ މޮޅު ކަނޑައަޅަނީ ހަމައެކަނި ހުނަރަށް ބަލައިގެން ކަމަށްވާ ނަމަ ޗެތުރީ އަށް އެ ލަގަބު ގިނަ ބަޔަކު ނުދީފާނެ އެވެ. އެކަމަކު އެކަން ބަލާ މިންގަނޑަކީ ހުނަރުގެ އިތުރުން މަސައްކަތުގެ ރޭޓާއި، ގިނަ ދުވަހު އެއް ފެންވަރެއްގައި ހިފެހެއްޓުމާއި، އެކަމަށްޓަކައި ކުރާ މަސައްކަތް ނަމަ ޗެތުރީ އަށް އެ ލަގަބު ލިބިދާނެ އެވެ.

އުމުރުން 18 އަހަރުގައި އިންޑިއާގެ ގަދަބާރު މޯހަން ބަގާން އިން ފެށި ކާމިޔާބާ ރައްޓެހި ކެރިއަރު ހަމަ އެގޮތުގައި، އުމުރުން 39 އަހަރުގައި މިއަދު ވެސް އޭނާ އަންނަނީ ދަމަހައްޓަމުންނެވެ. އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ ބެންގަލޫރު އެފްސީ އާއި އޭޝިއަން ކަޕުގައި ވާދަކުރާ އިންޑިއާ ޓީމުގައި އޭނާ އަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ބީ ޓީމާއި، އެމެރިކާގެ ކެންސަސް ސިޓީ ވިޒާޑްސްގައި، މާ ކާމިޔާބު ނޫނަސް ދުވަސްކޮޅެއް ހޭދަކުރި ޗެތުރީ ވަނީ ބެންގަލޫރާ އެކު އިންޑިއަން ސުޕަ ލީގާއި އިންޑިއަން ލީގާއި ފެޑެރޭޝަން ކަޕާއި ޑުރާންޑް ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގެ ދެ ވަނަ ވެސް ހޯދި އެވެ.

އިންޑިއާ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން 2008 ގައި ރާއްޖެ އަތުން ބަލިވެ ތަށި ގެއްލުނަސް ގައުމީ ޓީމާ އެކު އޭނާ އޭގެ ފަހުން ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. ސާފް ޗެމްޕިއަންޝިޕް ތިން ފަހަރު އަދި އޭއެފްސީ ޗެލެންޖް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. ސާފް ތަށި ކާމިޔާބުކުރި ހަތަރު ވެސް ފަހު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޗެތުރީ ހޯދުމަކީ އޭނާގެ ދައުރު އެ ކާމިޔާބީތަކުގައި އޮތް މިންވަރު ބޮޑުކަމުގެ ހެއްކެކެވެ. އޭނާ މުބާރާތުގެ ރަންބޫޓު ވެސް ތިން ފަހަރު ހޯދި އެވެ. އިންޑިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު އަދި އިންޑިއާގައި ކުޅިވަރުގައި ދެ ވަނަ އަށް ދޭ އެންމެ މަތީ އެވޯޑް ކަމަށްވާ އަރްޖުނާ ޝަރަފް ވެސް ހޯދި އެވެ.

އެ ހުރިހާ ކަމެއްގެ އިތުރުން ޗެތުރީ ހާއްސައީ މިހާތަނަށް އިންޑިއާގައި ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުލިބޭ ސަމާލުކަމާއި، މަޝްހޫރުކަން ލިބުމެވެ. ޗެތުރީ އަކީ ކްރިކެޓަށް މަރުދޭ އިންޑިއާގައި، ކްރިކެޓް ތަރިންނާ ދާދި އެއް ހަމައެއްގައި ފިޔަޖަމުންދާ ތަރިއެކެވެ.

ސުވާލަކީ، މި ހިސާބަށް ޗެތުރީ އައީ ކިހިނެއް ހެއްޔެވެ؟ ނުވަތަ މި ފެންވަރުގައި ޗެތުރީ ހިފަހައްޓާލަނީ ކިހިނެއް ހެއްޔެވެ؟

އިންޑިއާގެ ފިންޓެކް ވިޔަފާރިވެރިޔާ ކުނާލް ޝާހުގެ 'ކްރެޑް ކިއުރިއަސް' ގައި ވާހަކަދައްކަމުން ޗެތުރީ ބުނީ މި ޒަމާނުގައި ހުނަރު އެއީ ދެ ވަނަ ކަމަށާއި އެންމެ މުހިއްމީ އެ ހުނަރު ދަމަހައްޓަން ނުވަތަ ދައްކަން ކުރާ ބުރަ މަސައްކަތް ކަމަށެވެ.

"ދެ ވައްތަރެއް މި ތިބެނީ. އެއް ބަޔަކީ މިކަމުގައި މޮޔަވާ މީހުން. މިސާލަކަށް ބަލާ ކްރިސްޓިއާނޯ ރޮނާލްޑޯ. އޭނާ އަކީ ހަމަ ޔަގީނުން ވެސް ފުޓްބޯޅައިން ކުރިއަށްދާން މޮޔަވާ މީހެއް. ދެން މި ތިބެނީ އެ ދާ ގޮތެއްގައި ކުރިއަށްދާ މީހުން،" ޗެތުރީ ބުންޏެވެ.

ޗެތުރީ (ވ) އިންޑިއާ ގައުމީ ޓީމަށް މެޗެއް ކުޅެނީ.
ޗެތުރީ (ވ) އިންޑިއާ ގައުމީ ޓީމަށް މެޗެއް ކުޅެނީ.

ޗެތުރީ (ވ) އިންޑިއާ ގައުމީ ޓީމަށް މެޗެއް ކުޅެނީ.

ޗެތުރީ ބުނި ގޮތުގައި ފުޓްބޯޅައިގައި ކާމިޔާބު ހޯދޭނީ ވަރަށް ބޮޑަށް ގޭނިގެންނެވެ. އެގޮތުން ވިޔަފާރިވެރިއަކަށް ކެއުމަށް މާބޮޑަށް ނުބަލައި ނިންޖަށް ވެސް މާބޮޑު ސަމާލުކަމެއް ނުދީ، އެކަމަކު ބުރަކޮށް މަސައްކަތްކޮށްގެން ކާމިޔާބު ހޯދިދާނެ ކަމަށާއި ފުޓްބޯޅައިގައި އެހެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަމައެކަނި ސިކުނޑީގެ ކަމެއް ވެސް ނޫން. ކެއުމާއި ނިދުމާއި ހުރިހާ ކަމެއް ރަނގަޅުވާން ޖެހޭ،" ޗެތުރީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއް އަހަރު މޮޅަށް ކުޅުނަސް އެ ވާހަކަ މީހުން 20 އަހަރު ނުދައްކާނެ ކަމަށާއި، 20 އަހަރު އެ ވާހަކަ ދައްކާނީ ހަމަ އެހާ ގިނަ ދުވަހު މޮޅަށް ކުޅެގެން ކަމަށެވެ.

"އަންނާނެ ގޯލު ނުޖެހޭ ދުވަސްތައް ވެސް. އަންނާނެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވާ ދުވަސްތައް ވެސް. އެކަމަކު މާޔޫސްނުވެ ކުރިއަށް ދާން ޖެހޭ،" ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނި ގޮތުގައި ފުޓްބޯޅައިން ލިބޭ ކާމިޔާބުތަކާ އެކު ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނަސް އެ ކާމިޔާބަށް ދިމާލަށް ދާން ކުރާ މަސައްކަތުގައި މިއީ ފޫހި ވަޒީފާއެއް ކަމަށެވެ. ޗެތުރީގެ ދުވަހު ޝެޑިއުލް ކިޔާ ދޭން ކުނާލް އެދުމުން އޭނާ ބުނީ އެ ވާހަކަ ފޫހި ވާނެ ކަމަށާއި، މިގަޑީގައި ސައި ބްރޭކް ނެގިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ޗެތުރީ ބުނި ގޮތުގައި އޭނާ ކޮންމެ ދުވަހަކު ވެސް ހޭލަނީ 5:30 އާއި 6 އާ ދެމެދު ކަމަށެވެ. ހަށިގަނޑު ގުދުރަތީ ގަޑި ބަރާބަރަށް މަސައްކަތްކުރާނީ އެލާމްއާ ނުލާ އޭނާ އަށް ގިނަ ދުވަސް ދުވަހު ހޭލެވޭ ކަމަށް ޗެތުރީ ބުންޏެވެ.

"ހޭލާ ގޮތަށް ދެ ތަށި ހޫނު ފެން ބޮނީ،" ޗެތުރީ ބުންޏެވެ.

"އޭގެ ފަހުން 50 ޕުޝްއަޕްސް ހަދަން."

ޗެތުރީ ދެން ވަގުތުކޮޅެއް ހުސްކޮށްލަނީ ފޮތް ކިޔުމަށެވެ. ކޮންމެ ދުވަހަކު ހެނދުނުގެ ހިތްފަސޭހަ ވަގުތު އޭނާ ފޮތުން 15 ސަފުހާ ކިޔަ އެވެ.

"ޝައުގުވެރި ފޮތެއް ނަމަ އެއަށް ވުރެ އިތުރަށް ވެސް ކިޔާލަން،"

އޭގެ ފަހުން ޔޯގާގެ ބައެއް ހަރަކާތްތައް ހެދުމަށް ފަހު 7 ޖަހާއިރު ވަންނަނީ ތައްޔާރުވާށެވެ. އޭނާގެ ޑްރައިވަރު 7:30 ގައި ބަލާ އަންނަންވާއިރަށެވެ.

"އެ ދުވަހެއްގައި އޮންނަ ޓްރެއިނިން ބަލާފައި ބައެއް ދުވަސް ދުވަހު ސައި ނުބޮއެ ދަނީ،" ޗެތުރީ ބުންޏެވެ.

"ކަޅު ކޮފީއެއް ބޮއެގެން 7:45 ގައި ކާރުގައި ނައްޓާލަން ޓްރެއިނިން ސެންޓަރަށް. ޓްރެއިނިން އަށް ރިޕޯޓްކުރަން ޖެހޭ ވަގުތަކީ 8:15."

ގާތްގަނޑަކަށް ހަތަރު ގަޑިއިރު ޓްރެއިނިން އަށް ފަހު އެނބުރި ގެޔަށް އައި ބަރާބަރު 12:30 ގައި އޭނާ މެންދުރުކަ އެވެ. އެއަށް ފަހު އަންހެނުންނާ އެކު ވަގުތު ހޭދަކުރެ އެވެ. އަދި ބަރާބަރު 1:30 ގައި އަނެއްކާ ނެޕެއް ނަގަ އެވެ.

"އަހަރެން މަސައްކަތް ކުރަން 45 މިނެޓަށް ވުރެ އިތުރަށް ނުނިދަން. އެކަމަކު ބައެއް ދުވަސް ދުވަހު އެއަށް ވުރެ އިރު ނިދާލަން،" ޗެތުރީ ބުންޏެވެ.

ސުނިލް ޗެތުރީ (ވ) އޭނާގެ އަންހެނުން ސޯނަމްއާ އެކު.
ސުނިލް ޗެތުރީ (ވ) އޭނާގެ އަންހެނުން ސޯނަމްއާ އެކު.

ސުނިލް ޗެތުރީ (ވ) އޭނާގެ އަންހެނުން ސޯނަމްއާ އެކު. --ފޮޓޯ: ހިއުމަންސް އޮފް ބޮމްބޭ (ފޭސްބުކް)

ހޭލައިގެން އަންހެނުންނާ އެކު ވަގުތު ހޭދަކުރުމަށް ފަހު 4:30 ގައި އޭނާ މެންދުރުފަހުގެ ޓްރެއިނިން ސެޝަނަށް މިސްރާބު ޖަހަ އެވެ. މި ސެޝަން އޮންނާނީ ޓްރެއިނިން ސެންޓަރުގައި ނުވަތަ ޖިމުގަ އެވެ. ޓްރެއިނިން ނިންމާފައި އައިސް ފެންވަރައިގެން ބަރާބަރު 7 ޖަހާއިރު އޭނާ ރޭގަނޑުގެ ކެއުމަށް އިށީނދެ އެވެ.

"ކައިގެން 7 އިން 9 އަށް އެއީ އަންހެނުންނަށް ހާއްސަ ގަޑި. އޭނާ ބޭނުމިއްޔާ ނެޓްފްލިކްސް ބަލާލައި ނުވަތަ މިއުޒިކް އަޑުއަހާލަން. ބައެއް ފަހަރު ބޭރަށް ވެސް ދަން،" ޗެތުރީ ބުންޏެވެ.

އެއަށް ފަހު 9 ޖަހާއިރު ނިދާ ކޮޓަރި އަށް ވަންނަނީ ފޯނު ދުރުގައި ބާއްވާފަ އެވެ. އަންހެނުން އެ އުސޫލަށް ތަބާނުވި ނަމަވެސް، ޗެތުރީ އެކަމަށް ބަރާބަރަށް އަމަލުކުރެ އެވެ. ނިދަން ތައްޔާރުވެގެން އޮށޯވެ 9:30 ގައި ކޮޓަރީގެ ހުރިހާ ބޮތްކެއް ނިއްވާލަ އެވެ.

ޗެތުރީ ބުނި ގޮތުގައި ކޮންމެ ދުވަހަކު އެކައްޗެއް ކައި، އެއް ގަޑިގައި ނިދައި ހޭލާ އޭނާގެ މި ދިރިއުޅުމަކީ ފޫހި، ލަސް، އަދި އޭގެ ޒާތުގައި މާބޮޑު އުފަލެއް ނެތް ދިރިއުޅުމެކެވެ. އެކަމަކު އޭނާ މިއަދު ހުރި ހިސާބަށް އައުމަށް އަދި އެކަން ކޮންމެ ދުވަހަކު ކުރުމަށް އެ ފޫހި، ލަސް ދިރިއުޅުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ޗެތުރީ ބުންޏެވެ.

"ކާމިޔާބަށް އޮތް ހަމައެކަނި އޮތް މަގަކީ މިއީ،"

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox