ބިދޭސީ ހަ ކުޅުންތެރިންނާ އެކު ވިކްޓްރީ ނުކުންނަނީ ވަރުގަދަކޮށް

Nov 2, 2023, 8:48 AM
ސާބިއާގެ މިލޯސް ކޮވަސެވިޗް ވިކްޓްރީގެ ފަރިތަކުރުންތަކުގައި، މިލޯސްގެ އިތުރުން ވިކްޓްރީގައި ބިދޭސީ ފަސް ކުޅުންތެރިއަކު ހިމެނޭ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސާބިއާގެ މިލޯސް ކޮވަސެވިޗް ވިކްޓްރީގެ ފަރިތަކުރުންތަކުގައި، މިލޯސްގެ އިތުރުން ވިކްޓްރީގައި ބިދޭސީ ފަސް ކުޅުންތެރިއަކު ހިމެނޭ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބިދޭސީ ކުޅުންތެރިން އެ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ވަރުގަދަ ސްކޮޑަކާއިއެކު ތައްޔާރުވަމުން އަންނަ ވިކްޓްރީން ބިދޭސީ ހަ ކުޅުންތެރިން ގެންނަން ނިންމާފައިވާއިރު، އޭގެ ތެރެއިން ފަސް ކުޅުންތެރިއަކު ވަނީ މާލެ އައި ޓީމާ ގުޅިފަ އެވެ.

މި ހަ ކުޅުންތެރިންގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިން ގިނަ އެވެ. ވިކްޓްރީއަށް ގެނައި ބިދޭސީ ކީޕަރަކީ މީގެ ކުރިން ފޯކައިދޫ އަދި ގްރީން ސްޓްރީޓްސްއަށް ވެސް ކުޅުނު ޕާކިސްތާންގެ ގައުމީ ޓީމްގެ ގޯލްކީޕަރު ހަނީފް ސާގިބް އެވެ.

ޑިފެންޑަރުންނަށް ގެނައީ އުޒްބަކިސްތާންގެ ހަސަންބޮއޭވް ފުރްކަޖޯން އާއި ސަބިއާގެ މިލޯސް ކޮވަސެވިޗް އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން މިލޯސް ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި ޔުނައިޓެޑް ވިކްޓްރީއަށް ކުޅެފަ އެވެ. ހަސަންބޮއޭވް ވަނީ އުޒްބަކިސްޔާން، ތަޖިކިސްތާން އަދި ބަންގްލަދޭޝްގެ ލީގުގެ ޓީމްތަކަށްވެސް ކުޅެފަ އެވެ.

ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް، ވިކްޓްރީގެ ފަރިތަކުރުންތަކުގައި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް، ވިކްޓްރީގެ ފަރިތަކުރުންތަކުގައި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް، ވިކްޓްރީގެ ފަރިތަކުރުންތަކުގައި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެޓޭކިން ޑިޕާޓްމަންޓަށް ގެނައި ކުޅުންތެރިންނަކީ ބެލަރޫސްގެ އިވާން ވެރާސް އާއި ކިރިގިސްތާންގެ އެނެޓޮލީ ވްލާސިޗޭވް (ޓޯނީ) އެވެ. އިވާން ވަނީ މީގެ ކުރިން އެއް ސީޒަންގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެފަ އެވެ. ޓޮނީ ވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ޔޫވީއަށް ވެސް ކުޅެފަ އެވެ.

ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޓޯނީ ފިޔަވައި ބާކީ ފަސް ކުޅުންތެރިން އަންނަނީ ޓީމާ އެކު ފަރިތަކުރަމުންނެވެ. ޓޯނީ ޓީމާ ގުޅޭނީ މި މަހުގެ 10 ގަ އެވެ.

ބިދޭސީ ހަ ކުޅުންތެރިން އިތުރުން ވިކްޓްރީ އިން ވަނީ ސްރީލަންކާގެ ގޯލްކީޕަރު ޓްރެއިނަރެއްވެސް ގެނެސްފަ އެވެ. ލަންކާގެ ސަމްޕަތު ބުޑިކާވެސް އަންނަނީ ޓިމާއިއެކު ބައިވެރިވަމުންނެވެ.

މިމަހުގެ ފަހުކޮޅު ފަށަން ތައްޔާރުވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް އެންމެ ވަރުގަދައަށް ތައްޔާރުވާ އެއް ޓީމަކީ ވިކްޓްރީ އެވެ. މިގޮތުން އެކުލަބުން ވަނީ ގައުމީ ތަޖުރިބާކާރު ދެ ކުޅުންތެރިންކަމަށްވާ އަކުރަމް އަބްދުލްޣަނީ އާއި މުުހައްމަދު އުމެއިރުގެ ސޮއި ހޯދާފަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަންގައި ޓީސީ އަށް ކުޅުނު އަހުމަދު ރިލްވާން (ބެން) އާއި ނިއު އާއި މަޒިޔާއަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން މޫސާ ޔާމީން (ޔާމްބެ)ވެސް ވަނީ ވިކްޓްރީއާ ގުޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox