ސޮނީގެ "ސޮނީ ހޯމް މެއިންޓެނެންސް" ފިހާރަ މިއަދު ހުޅުވައިފި އެވެ.
ޗާންްދަނީ މަގުގައި ހުޅުވި މި އައު ފިހާރައިގައި އެންމެ ރަނގަޅު ކޮލިޓީގެ ހާޑްވެއާ، ހޯމް އިމްޕްރޫވްމެންޓް ޓޫލްސް އަދި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ވެސް ކަސްޓަމަރުންނަށް ލިބޭން ހުންނާނެ އެވެ.
އޭގެ ތެރެގައި، ކުލަ، ކުލަ ލާން ބޭނުންކުރާ އެކި ވައްތަރުގެ ފިހީގެ އިތުރުން ބަދިގެއަށް ބޭނުންވާ ތެލި، ތަވާ އަދި ޓޯސްޓަރު ފަދަ ސާމާނު ހިމެނެ އެވެ.

ސޮނީ ހޯމް މެއިންޓެނެންސް ފިހާރަ -- ފޮޓޯ: އިޔާން/އަދަދު
މި ފިހާރައިގެ ހާއްސަކަމަކީ، ގަންނަ މުދާ މަރާމާތުކުރުމާއި، ހަރުކޮށްދިނުންފަދަ މުހިންމު ހިދުމަތްތައް ކަސްޓަމަރުންނަށް ލިބެން ހުންނާތީ އެވެ. ނަމަވެސް، މި ހިދުމަތްތައް އަދި ލިބެން ހުންނާނީ "ސޮނީ ހޯމް މެއިންޓެނެންސް" ފިހާރަ ހުންނަ ސަރަހައްދުގައި ހުރި ގެތަކަށް އެކަނި ކަމަށް ސޮނީ އިން މައުލޫމާތުދެ އެވެ.
ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ. ނަމާދު ގަޑިތަކުގައި 15 މިނެޓަށް ފިހާރަ ބަންދުކުރާނެ އެވެ.






