ހަތްދިހަފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޮނީ ހޯމް މެއިންޓެެންސް ރޯދަ ސޭލް މިއަދު ފަށައިފި އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ އެ ސޭލްގެ ތެރެއިން 3000 އަށް ވުރެ ގިނަ ޕްރޮޑަކްޓު ގަންނަން ލިބޭނެ ކަމަށް ސޮނީ ހޯމްއިން މައުލޫމާތު ދެއެވެ.
އެ ސޭލް ކުރިއަށް ދާނީ މަޖީދީމަގުގެ ހެންވޭރު ކޮޅުގައި ހުންނަ ސޯނީ ހޯމްއާއި ހަމަ އެމަގުގެ މާފަންނު ކޮޅުގައި ހުންނަ ސޮނީ އެކަކުންނާއި ހުޅުމާލޭގައި ހުންނަ ސޮނީ ފިހާރައިންނެވެ.
އޭގެތެރެއިން ސޮނީ ހޯމް ފިހާރައާއި ސޮނީގެ ހުޅުމާލެ ފިހާރަ ހުކުރު ދުވަހު ބަންދުވާނެ އެވެ.
ރޯދަ ސޭލްގައި ހިމެނޭ ސާމާނުތަކަކީ:
- ޑަސްޓްބިން
- ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު
- ބަދިގެ ސާމާނު
- ކުލަ، ސުޕްރޭ އަދި ކުލަ ލާން ބޭނުން ކުރާ އާލާތްތައް
- ފާހާނާ ސާމާނު
- ކަރަންޓު ސާމާނާއި ލައިޓު
- ބިއްލޫރި ތަށި ސެޓު
- ޕްލާސްޓިކް ތައްޓާއި ހިފައި ގެންގުޅޭ ސާމާނު
ސޮނީގެ ދަށުން ރާއްޖޭގެ ތަފާތު އެކި ވިޔަފާރިތައް ހިންގަމުން ދެއެވެ.
އޭގެތެރޭގައި ސޮނީ ސްޕޯޓްސްއާއި ސޮނީ ފިޝިންއާއި ސޮނީ ހާޑުވެއާގެ އިތުރުން ސޮނީ ހޯމް އަދި ސޮނީގެ ފެޝަން ފިހާރަތައް ފާހަގަކޮށްލެވެ އެވެ.











