އަސްލަމް ވިދާޅުވާ ގޮތުން ހައްލު ނުހޯދީ ރިޔާސަތާއި އިދާރާއިން

ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ ތަޅުމުގައި ލިއުމެއް ވިދާޅުވަނީ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މަޖިލިސް ނުހުއްޓޭނެ ހައްލުތައް ނުފެނުނީ މަޖިލީހުގެ އިދާރާއަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ ތަޅުމުގައި ލިއުމެއް ވިދާޅުވަނީ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މަޖިލިސް ނުހުއްޓޭނެ ހައްލުތައް ނުފެނުނީ މަޖިލީހުގެ އިދާރާއަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ހުއްޓި، ރައްޔިތުންގެ މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ދިމާ ނުވާނެ ގޮތްތައް ފެންނަން އޮތް ކަމަށާއި އެކަންކަމަށް ނުބެލީ މަޖިލީހުގެ އިދާރާއިންނާއި ރިޔާސަތުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރުން މިހާރަށް ކުރިއަށް ގެންދަން ޖެހޭ އެންމެ މުހިންމު ދެ މަސައްކަތް ކަމަށްވާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެ ދެ މަސައްކަތް ވެސް ކުރިއަށް ގެންދަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެއްބާރުލުން ނުދެނީ އެޕާޓީން ބުނާ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމޭތީ އެވެ.

އެ ގަރާރު އެޖެންޑާކުރި ދެ ޖަލްސާ ވެސް ކެންސަލްކުރީ، މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވެފައިވާ ގޮތުގައި ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ވަޑައިގެން ނެތި ވެސް އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް އިސްލާހެއް ހުށަހަޅާފައި ވާނެ ކަމަށެވެ.

"މާ ބޮޑެތި ބަދަލުތަކެއް ނޫން ހަމަ ވަރަށް ސިމްޕަލް ދެތިން އިސްލާހެއް [މަޖިލީހުގެ ގަވައިދަށް] ގެންނަން މި ޖެހެނީ،" އަސްލަމް ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދު ކޮމިޓީން އެ ދުވަހުން އެ ދުވަހަށް ނިންމާފައި ތަޅުމަށް ގެނެވޭނެ އިސްލާހުތަކެކެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު މަޝްވަރާކޮށްގެން ތަޅުމުން އެކަން އަވަހަށް ނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާކުރި ޖަލްސާގެ ކޯރަމް ވެސް ހަމަކުރެވުނީސް"

އަސްލަމް ތުހުމަތު ކުރެއްވި ގޮތުގަައި ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ފަށަން އޮތް ޖަލްސާ، ކޯރަމް ހަމަނުވެގެން ހުއްޓައިލި އިރު އެ ޖަލްސާއަށް ކޯރަމް ހަަމަކުރެވެން އެ ދުވަހު އޮތެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން ވަޑައިގެން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވުމާ އެކު އެބޭފުޅުންނަށް ކޯރަމް ހަމަވާ ވަރަށް ތަޅުމަށް މެމްބަރުން ވަޑައިގަންނަވަން ދެންނެވެން އޮތީމަ އެވެ.

"އެހެން ނަމަ ވެސް މެމްބަރުން ވެދެވަޑައިގަންނަވަން އެކަށީގެންވާ ވަގުތު ނުދީ [ޖަލްސާ ކެންސަލްކުރީ]، އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް، ނޯޓިހުގެ މުއްދަތު ހަމަވެ، އެ މައްސަލަ ނުނިމެނީސް އެހެން ކަމެއް ނުކުރެވޭ ގޮތް ވެ މަޖިލިސް ހުއްޓުމަކަށް އައުމުގެ ކުރިން ދުރާލައި ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.

"މިކަން ކުރައްވަން ތިއްބެވި ނަމަ [މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދަން ތިބި ނަމަ] ކުރެވޭނެ ވަރަށް ގިނަ ގޮތްތައް އެބަހުރި. އެކަމަކު އެކަން ކުރެވޭނެ އެއްވެސް ކަހަަލަ މަގެއް މަޖިލީހުގެ އިދާރާއަކަށް، މަޖިލީހުގެ ރިޔާސަތަށް ނުފެނިގެން މިއުޅެނީ،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެ، އެ ގަރާރާ މެދު ގޮތް ނިންމުމުގެ ޖަލްސާ ބާއްވަން ޖެހޭ ފުރަތަމަ ދުވަހަކީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް އެ ޖަލްސާ އެ ދުވަހު ނުބާއްވަން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ނިންމެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.

އެގޮތަށް, ނިންމެވުމުގައި ނިއުޝާ ހަވާލާ ދެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) އަށެވެ.

ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox